ރިޕޯޓް ދެން ފުރަމަލަ

އެންމެންނަށް ހިނިތުންވުން ގެނެސްދޭ "އައިންތު މިސް" ގެ ބަނަވި ޙަޔާތުގެ އަސަރުގަދަ ބައެއް ވާހަކަތައް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިރިއުޅުމަކީ ވަރަށް އެހެން ކަހަލަ އެއްޗެއްތާއެވެ. އަޑިގަނޑަކަށްފަހު އުސް ގަނޑެއް، ދައްޗަކަށްފަހު ލުޔެއް، ނުވަތަ ހިތާމަތަކަކަށްފަހު އުފާވެރިކަން އަހަރުމެންނާ ބައްދަލު ކުރެއެވެ. މިދުނިޔެވީ ޙަޔާތުގެ ކަންކަން ލިޔެވިފައިވާ ގޮތަކީ އެއީ އެވެ. މިއީ ވަގުތީ ތަނަކަށް ވާތީ، މިދުނިޔޭގައި ވަމުން އަންނަ ހުރިހާ ކަމަކީ ވެސް އިމްތިހާނެއް ކަމަށް ޤަބޫލު ކުރަން ވާނެއެވެ.

Ads by STELCO

މިއީ ވެސް އެފަދަ އެތައް އެތައް އިމްތިހާނަކާ ކުރިމަތިވި ހިތްވަރުގަދަ އަންހެނެއްގެ ވާހަކައެވެ. ދަރިވަރުންނަށް އުނގަންނައި ދިނުމުގައި ޙަޔާތުގެ ބޮޑު ބައެއް ހޭދަ ކުރި އައިމިނަތު ޢަލީ ނުވަތަ އެންމެން ދަންނަ ނަމުންނަމަ "އައިންތު މިސް" އަކީ އޭނާގެ ވަށައިގެންވާ އެންމެންނަށް ވެސް ހިތްވަރުދެމުން، ދިރިއުޅުމުގައި ކަންކަން ކުރާނެ ރަނގަޅު ގޮތް ކިޔައިދެމުންދާ، އެތައް ބައެއްގެ ލޯބި ލިބިފައިވާ ހިތްވަރުގަދަ ފަހުލަވާނެކެވެ. އައިންތު މިސް އަކީ އެންމެންނާ ވެސް ހިނިތުންވުމަކާއެކު ބައްދަލުކުރާ، އެންމެންނަށް ވެސް ހިނިތުންވާން ދަސްކޮށްދޭ އަދި ހަމަ އެހެންމެ، އެންމެންނާ ވެސް އޯގާތެރިކަމާއެކު މުޚާތަބު ކުރާ ވަރަށް ހިތްހެޔޮ މުދައްރިސެކެވެ.

އައިންތު މިސް އަކީ ތަޖުރިބާކާރު، ތައުލީމީ ކަނބަލެކެވެ. އެގޮތުން އައިންތު މިސް އަދާ ކޮށްފައިވާ ބައެއް މަތީ މަގާމުތަކަށް ބަލާއިރު، ފެކަލްޓީ އޮފް އެޑިއުކޭޝަން ގެ ލެކްޗަރަރ އެއްގެ މަގާމާއި، ވިލާ ކޮލެޖުގެ ލެކްޗަރަރ އެއްގެ މަގާމާއި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް ގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމާއި، ރައީސް އޮފީހުގެ އަންޑަ ސެކްރަޓަރީގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމާއި، އެވިޑް ކޮލެޖުގެ ޑީންގެ މަގާމުގެ އިތުރުން އަތޮޅުތެރޭގެ ރަށެއްގެ ޕްރިންސިޕަލެއްގެ މަގާމު ވެސް ހިމެނެއެވެ. އަދި މިއަދު ވެސް އައިންތުމިސް ގެންދަވަނީ ތަޢުލީމާއި ގުޅޭ ދާއިރާއެއްގައި އެޑިއުކޭޝަން ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.

އައިންތު މިސް އަބަދުވެސް ފެންނަނީ ހިނިތުންވުމާ އެކުގައެވެ. ނަމަވެސް، އެހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ އެތައް ކަމެއް ވެއެވެ. އެހެން މީހުންނަށް ހިތްވަރު ދިނުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވާ އައިންތު މިސް ވަނީ އޭނާގެ ޙަޔާތުގައި އެތައް ބައިވަރު ކަމަކާ ކުރިމަތިލާފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ، ސްކޫލް ދައުރު ނިމިގެން ތަޢުލީމުގެ ދާއިރާއަށް ނިކުތުމަށް މަސައްކަތް ކުރުމަށްޓަކައި، މަތީ ތަޢުލީމު ޙާސިލު ކުރުމަށް ބުރޫނާއީ ގައި ހުއްޓާ، އައިންތު މިސްގެ ބައްޕަ ނިޔާވި ޚަބަރު ލިބުމެވެ. ލޯބިވާ ބައްޕައާ އެހާ ދުރުގައި ހުއްޓާ، އުމުރަށް ވަކިވާން ޖެހުނު ޚަބަރު ލިބުން ވެގެން ދިޔައީ އައިންތު މިސް އަށް ލިބުނު ވަރަށް ބޮޑު ހިތާމައަކަށެވެ. ނަމަވެސް އައިންތު މިސް އެއިރު ވެސް އަޒުމް ކަނޑައެޅުއްވީ، ހިތްވަރު ކުރުމަށެވެ. އެހެންކަމުން ހިތްވަރާއެކު ތައުލީމު ހާސިލުކޮށް، ރާއްޖެ އެނބުރި އައީ ދިޔަ މަޤްސަދު ހާސިލު ކުރައްވައިގެންނެވެ.

އެހިތާމައަށްފަހު ދެން އައިންތު މިސްއާ ބައްދަލުކުރި އެންމެ ބޮޑު ހިތާމައަކީ، އައިންތު މިސް ގެ ލޯބިވާ ފިރިމީހާ މިދުނިޔެއާ ވަކިވެގެން ދިޔުމުގެ ހިތާމައެވެ. އެހާދިސާއަށް މިހާރު އެތައް އަހަރެއް ވެފައިވީ ނަމަވެސް، ފިރިމީހާ ދެކެ (އައިންތު މިސް ގެ ދެ ދަރިންގެ ބައްޕަ ދެކެ) ވާ ލޯތްބަށް އެއްވެސް ބަދަލެއް ނާދެއެވެ. މިހިތާމައިގެ އިތުރުން ޚުދު އައިންތު މިސް ވެސް ވަނީ ބަލިހާލު ބޮޑުވެ މަރާ ހަނގުރާމަ ކޮށްފައެވެ. އެންމެ ފަހަރަކު ވެސް ނޫނެވެ. ފުރާނައަށް ނުރައްކާތެރި ވާފަދަ ހާލަތަކަށް ގޮސް ސިކުނޑީގެ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އެކަމުން ސަލާމަތްވީ ފަހުން (މިދިޔަ އަހަރުގެ ނޮވެމްބަރު މަހު) އޭނާގެ އުފަން ދުވަސް، ހޭދަ ކުރަން ޖެހުނީވެސް އޮޕަރޭޝަން ތިއޭޓަރުގައެވެ. ބަނޑުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިގެންނެވެ.

އައިންތު މިސް ވަނީ އޭނާގެ ޙަޔާތުގެ ބައެއް ވާހަކަތައް "ދެން" އާ ހިއްސާ ކުރައްވާފައެވެ.

"ލޯބީގެ" ރީތި މިސާލެއް!

އައިންތު މިސް އަށް މިހާތަނަށް އަދި "ލޯބި" ވެވުނީ ވެސް އެންމެ މީހެއް ދެކެއެވެ. އެއީ އައިންތު މިސް ގެ ފިރިމީހާ ޢަލީ ސޯލިޙު ދެކެއެވެ. ޢަލީ އާއި އައިންތު މިސްގެ ލޯބި ފެށުނީ ސްކޫލް ދައުރުން ފެށިގެން ކަމާއި، ދެމީހުންނަކީ ވެސް އެކަކު އަނެކަކުގެ ފުރަތަމަ ލޯބިވެރިޔާ ކަމުގައި އައިންތު މިސް ވިދާޅުވިއެވެ.

"ސްކޫލް ދައުރުގައި ދެމީހުން ލޯބީގެ ގޮތުން ގުޅުނީ. އޭގެ ފަހުން ދެން ދިޔައީ ލޯންގް ޑިސްޓެންސް ރިލޭޝަންޝިޕަކަށް. ހަގީގަތުގައި ދުރުގައި ދުވަސްތައް ވަފާތެރިކަމާއި ލޯތްބާއެކު ހޭދަ ކުރެވުނީ ވެސް ޢަލީ ދިން ހިތްވަރާއި ޔަގީންކަމުގެ ސަބަބުން. މިސް އަށް އަބަދުވެސް ކޮންމެ ކަމެއްގައި ވެސް އެންމެ ބޮޑަށް ހިތްވަރުދޭ މީހެއްގެ ގޮތުގައި ޢަލީ ހުރި. ކައިވެނި ކުރީ ކިޔަވާ ނިންމައިގެން އައިސް 1990 ވަނަ އަހަރުގައި." އައިންތު މިސް ކިޔައިދެއްވިއެވެ.

އައިންތު މިސް ވިދާޅުވި ގޮތުގައި، އެދެމަފިރިންގެ ލޯބި ކައިވެންޏަށް ފަހު ވެސް ދެ ގޮތެއް ނުވެ ދެމިއޮތެވެ. ދެ ދަރިން ލިބުމުން ދިރިއުޅުން އިތުރަށް ފުރިހަމަވިއެވެ. ދެމަފިރިންގެ ދެމެދު ރުޅިއައިސްގެން އަރާރުންވުމާއި ބޮޑެތި މައްސަލަތައް ޖެހުންފަދަ ކަންކަމެއް ވެސް ނުވެއެވެ.

ލޯބިވާ ފިރިމީހާ ނިޔާވުން

އިއްޔެ މެންދުރު ވީ ކަމެއް ފަދައިން އައިންތު މިސް އަދިވެސް އެހާދިސާ ހަނދާން އެބަހުއްޓެވެ. ލޯބިވާ ފިރިމީހާ ގަދަވެ ސަލާމަތުން ކައިރީގައި އިން ރޭ، ވަރަށް ތަފްސީލުކޮށް އައިންތު މިސް ކިޔައިދެއްވިއެވެ.

"އެއީ 2013 ވަނަ އަހަރެވެ. ރަމަޟާން މަސް ވެސް ކައިރިވަމުން އަންނާތީ، ދެމަފިރިން ދިޔައީ އެމަހަށް ތައްޔާރުވަމުން. ގޭގެ ސިޓިންގ ރޫމާއި، ހުރިހާ ކޮޓަރިއެއްގެ ދޮރުފޮތިތައް ބަދަލު ކުރަން ތައްޔާރުވަމުން. އެއިރު ދޮރުފޮތިތައް ބަލާފައި ހުންނާނީ. އެރޭ ޚަބަރު ބަލާ ނިމިގެން މިސް އޮތީ ޢަލީގެ އުނގުގައި ބޯ އަޅައިގެން. ޢަލީ ބުނީ އެބަ އަންނަމޭ ދޮރުފޮތިތައް ފައިނަލް ކޮށްފަ، ފައިސާ ދައްކާފަ. ދެން ގޮސްފަ ވަރަށް ގިނައިރު ވީއިރުވެސް ގެއަށް ނާދޭ. ފަހުން ފޯނު ކުރީމަ ހީކުރީ ދޮރު ތަޅުގައި އެތެރެއިން ތަޅުދަނޑި ޖަހާފަ ހުރީމަ ނުހުޅުވިގެންނޭ. އެހެންވެ ތަޅު ހުޅުވާފަ ބަލާލިއިރަކު ނެތް. ދެން ފޯނު ކުރީމަ ބުނީ އައިންތޫ އޭ އޭޑީކޭ ގައޭ މިއޮތީ. ހީކުރީ އެކްސިޑެންޓެއް ވެގެން ކަމަށް. އެހެންވެ ދޮށީ (ފިރިހެން) ދަރި އާއެކީގައި ސައިކަލުގައި އޭޑީކޭ އަށް ދިޔައިން. އެއިރު މިސް ހުރީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް. އޭޑީކޭއަށް ދިޔައިމަ އެނގުނީ އެކްސިޑެންޓެއް ނޫންކަން. ބޮލަށް އެނބުރުން އަރާތީ ސައިކަލު ޕާކު ކުރިތަނުން ވެއްޓުނީކަމަށް ބުނި. އަދި އޭޑީކޭ އަށް ދިޔައީ އަމިއްލައަށް ޓެކްސީ އަކަށް އަރައިގެން ކަމަށް. އެއިރު ފަރުވާއެއް ނުދީ ބާއްވާފަ އޮތީމަ އެމީހުންނާ ދިމާލަށް ބުނިން ކީއްވެތޯ އެހެން ބާއްވާފަ އޮތީ. ދެން ޢަލީ ، މިސް ގެ މުޅި ގަޔަށާއި އެއްކޮށް ހޮޑުލީ. ހޮޑު ހުރީ ފެހި ކުލައިގަ. އެހެންވެ ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުނު ރަނގަޅު ސައިނެއް ނޫންކަން އެނގުނު. އެެއިރު ހޮސްޕިޓަލުގައި ތިބި މީހުންނާ ދިމާލަށް އެއްޗެހި ކިޔުނު. ބުނިން ވެއްޓުނު މީހެއްގެ މިގޮތަށް އާފްޓަރ އިފެކްޓް ހުރެދާނެތީ ޖެހޭނެ ނޫންހޭ އަވަހަށް ފަރުވާ ދޭން. ދެން އެކްސްރޭ ރޫމަށް ވެއްދީ. އެއިރު އަންހެން ދަރިފުޅު ވެސް އައި ހޮސްޕިޓަލަށް. މިސްގެ ކޮނޑުގައި ޢަލީ ހިފާފަ ބުނީ، އައިންތުއޭ ވަރަށް ބޮޑަށް ބޮލުގައި އެބަ ރިއްސައޭ.

"الله أكبر ތިން ފަހަރަށް ކިޔާފަ، ލޮލުގެ ކަޅި ވިދިވިދިފައި، ދެ ލޯ މެރުނީ"

އެއިރު ގާތްގަނޑަކަށް 1:30 ހާއިރު ޑޮކްޓަރެއް އައީ. އައިސް ސްކޭން ކޮށްފަ އެމްއާރްއައި އަކާއި އެއްޗެހި ހަދާފަ އައިސް ބުނީ ސިކުނޑީގައި އެބައިނޭ ކްލޮޓެއް. ހީވަނީ ކެންސަރ ހެންނޭ. ދެންލީ އައިސީޔޫ އަށް" އައިންތު މިސް ކިޔައިދެއްވިއެވެ.

ފަތިސް ވަގުތުވުމުން އައިންތު މިސް ފިރިހެން ދަރިފުޅާއެކީގައި ގެއަށް ގޮސް ނަމާދު ކޮށްގެން އަނބުރާ ހޮސްޕިޓަލަށް ވަޑައިގަތީ ހެނދުނު އެވެ. އެއީ ރައީސް މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ވެރިކަމުގެ ދުވަސްވަރު ކަމުން، އެދުވަހު ހޮސްޕިޓަލަށް ދެވުނުއިރު، ރައީސް ވަހީދު ވެސް ހުންނެވިކަމަށް އައިންތު މިސް ވިދާޅުވިއެވެ.

"އައިސީޔޫއަށް ވައްދާށޭ ބުނެ ވަރަށް އާދޭސް ކުރިން. އެދުވަހު ހެނދުނު މިސް ގެ ކުރިމަތީގައި ޢަލީ އަށް ޑަބަލް ކާޑިއެކް އެރެސްޓް ޖެހުނީ. މިސް ގެ ކުރިމަތީގައި ހުރިހާ ޓްރީޓްމަންޓެއް ވެސް ދިނީ. ދެން މެޝިން ގުޅާފައި ބޭއްވީ. މިސް އެދުނިން، ފަރުވާއަށް ލަންކާ އަށް ގެންދަން ބޭނުމޭ. އެދުވަހު ޢަލީ ގޮވައިގެން ލަންކާ އަށް ފުރިން. ލަންކާގެ ޑޮކްޓަރުން ބަލާފައި ބުނީ ސިކުނޑީގައި ހުރީ ކްލޮޓެއް އުފެދިފައި ނޫން ކަމަށް. އެކަމަކު އެރޭ ސައިކަލުން ވެއްޓިގެން ޖެހުނު ގޮތަކުން ސިކުނޑިން ލޭ އަންނަން ފަށާފައިވާ ކަމަށާއި އެއީ ކެންސަރ ކްލޮޓެއް ނޫން ކަމަށް. ދެން އަވަހަށް އޮޕަރޭޝަން ކުރީ. އޮޕަރޭޝަން ކުރި ނަމަވެސް، ލަސްވެފަ ހުރި ކަމަށާއި ޢަލީގެ ސިކުނޑީގެ ސްޓެމް ސެލްސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނި. ކޯމާއެއްގައި އެއިރު އޮތީ. ސިކުނޑިއަށް ދިމާވި ކަމަކަށްވާތީ އުންމީދު ކަނޑާލާފައި އޮތީ. މިސް ކައިރީ ސުވާލުކުރި ކިހިނެއްތޯ ހަދަން ބޭނުންވަނީ، އެތަނުގައި ބާއްވަންވީތޯ ނޫނީ ބޭނުންވަނީ އަނބުރާ ރާއްޖެ ދާންތޯ. މިސް ބުނިން ބޭނުމީ އަނބުރާ ދާށޭ. އެއީ ޢަލީގެ މައިންބަފައިން ވެސް މިކޮޅުގައި ތިބީމަ. ރާއްޖެ އައިސް ޕްރައިވެޓް ކޮޓަރިއެއްގައި އައިސީޔޫގެ ސެޓަޕް ހަދާފައި ބޭއްވީ. ޢަލީ އެރޭ ވެއްޓުނު ހާދިސާ ހިނގި ދުވަހުން ފެށިގެން މިސް މެންނާއެކީ އުޅެން ލިބުނީ 11 ދުވަސް. 11 ވަނަ ދުވަހުގެ ފަތިހު ގާތްގަނޑަކަށް 3:18 ގައި އެންމެ ފަހު ނޭވާލީ. ނިޔާވީ ޖޫން 28 ގައި.

"ޢަލީ އެންމެ ފަހު ނޭވާލީއިރު، މިސް އޮތީ ޢަލީގެ މޭ މަތީގައި ބޯ އަޅައިގެން، ކަނާތް ފަރާތުގައި ފިރިހެން ދަރިފުޅު ހުރި. ޢަލީގެ ދެ ފައިގައި ހިފަހައްޓައިގެން އަންހެން ދަރިފުޅު ހުރި. އަހަރުމެން ތިން މައިން ވެގެން ގެންދިޔައީ ޢަލީ އަށް ޝަހާދަތުގެ ދެކަލިމަ ލައިދެމުން"

ލޯބިވާ ފިރިމީހާއާ ވަކިވި ނަމަވެސް، އައިންތު މިސް އެހަނދާންތަކާ ވަތްކެއް ނުވެއެވެ. ކަމަކާ ދެރަވި ނަމަވެސް ފިރިމީހާ މަތިން ހަނދާން ކުރައްވައެވެ. ކައިވެނި ކުރި ދުވަހާއި ނިޔާވި ދުވަސް ވެސް އަދި އެނޫން ވެސް ޚާއްސަ ދުވަސްތަކުގައި އައިންތު މިސް އޭނާގެ ލޯބިވާ ފިރިމީހާ މަތިން ހަނދާންކޮށް، އެހަނދާންތައް މީސްމީޑިއާގައި ވެސް ހިއްސާ ކުރައްވައެވެ.

"ޢަލީ އަކީ އަހަރެންގެ ކުޑައިރުގެ އެކުވެރިޔާ، އެންމެ ފުރަތަމަ ލޯބިވެރިޔާ، ޙަޔާތުގެ ބައިވެރިޔާ. ކޮންމެ ކަމެއްގައި ވެސް އެންމެ ހިތްވަރުދިން، އެންމެ ގާތް މީހާ. އައިންތު އަބަދުވެސް ވަނީ ޢަލީ އާއެކު"

މިސްވެސް ވެސް މަރާ ހަނގުރާމަ ކުރަން ޖެހުނު

ލޯބިވާ ފިރިމީހާ ނިޔާވުމަށް ފަހު، އައިންތު މިސް ގެ އެންމެ ބޮޑު އެއް އަޒުމަކަށްވީ އޭނާގެ ދެ ދަރިން ރަނގަޅަށް ތަރުބިއްޔަތުކޮށް އެކުދިންގެ މުސްތަޤުބަލު އުޖާލާ ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމެވެ. އެގޮތުން އެދެކުދިން ވެސް ރަނގަޅު ތަޢުލީމަކާއި ވަޒީފާއެއް އަދާ ކުރަން ފަށައި، ކައިވެނި ވެސް ކުރިއެވެ. އައިންތު މިސް އަބަދުވެސް ދިރިއުޅުން ހޭދަ ކުރަމުން ދިޔައީ އަބަދުވެސް އޭގެން ކޮންމެވެސް އެއް ދަރިއަކާއެކު ނުވަތަ ދެ ދަރިންނާއެކުގައެވެ. އަދި ތަޢުލީމީ ރޮނގުން އުނގެނިފައިވާ އެއްޗެއް އެހެން މީހުންނަށް ވެސް އުނގަންނައި ދިނުމަށް ތަޢުލީމާ ގުޅޭ އިދާރާތަކުގައި މަސައްކަތް ކުރަން ވެސް ފެށިއެވެ.

މިފަދަ ހަޔާތެއްގައި ދުވަސްތައް ވޭތުވަމުން ދަނިކޮށް 2018 ވަނަ އަހަރު، އައިންތު މިސް އަށް އަނެއްކާވެސް ދިރިއުޅުމުގައި ބޮޑު ހަނގުމާއަކާ ކުރިމަތިލާން ޖެހި ވަޑައިގަތެވެ. އެއިރު އައިންތު މިސް ދިރި އުޅުއްވަމުން ގެންދެވީ ވިލިމާލޭގައި އޭނާގެ ފިރިހެން ދަރިފުޅު ކައިރީގައެވެ.

އެއްދުވަހު މާބޮޑަށް ބޮލުގައި ރިއްސާ، ހޮޑު ލެވެން ފެށުމުން ވިލިމާލޭ ހޮސްޕިޓަލަށް ގެންދިޔައެވެ. އެތަނުން އައިންތު މިސް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.

"އެދުވަހު ބޮލުގައި ރިއްސާފަ ހޮޑުލެވެން ފެށިއިރު ވެސް ހުރެވުނީ ހަމައިން ނެއްޓިފައި ކަހަލަ ގޮތަކަށް ، އާއްމުކޮށް ވެސް މިސް އަކީ ސަކަރާތް ޖަހާފައި އުޅޭ މީހަކަށްވާތީ ދަރިންނަށް ފުރަތަމަ ނޭނގުނު ބަލިކަމެއް، އެކަމަކު ފަހުން މާބޮޑަށް މޮޔަ އެއްޗެހިތަކެއް ގޮވެން ފެށީމަ، އެނގުނު މަންމައަށް އެބަ ކަމެއްވާކަން. ދެން ވިލިމާލެ ހޮސްޕިޓަލަށް ދިޔައިމަ އައިޖީއެމްއެޗް އަށް ފޮނުވާލީ. އައިޖީއެމްއެޗުން ބުނީ ހީވަނީ ބޮލުގެ ކަމެއްހެންނޭ. ސްޓްރޯކެއް ޖެހެން އުޅޭހެންނޭ ހީވަނީ. ޢަލީގެ ކޭސްގައި އޭޑީކޭއިން ބުނީ ސިކުނޑީގައި ކްލޮޓެކޭ. މިސްގެ ކޭސްގައި ބުނީ ސްޓްރޯކެއް ޖެހެން އުޅޭހެންނޭ ހީވަނީ، ސްޓްރޯކެއް ޖެހިއްޖިއްޔާ ދެން މަންމަ ނުއެއް ގެނެވޭނެއޭ ދަރިންގާތު ބުނި ކަމަށްވޭ. އެވާހަކަ އިވިފަ އަންހެން ދަރިފުޅަށް ވަރަށް އަސަރުކުރި. އޭނަގެ ބައްޕަ ވެސް އޭނަ ކުރިމަތީގައި މިދުނިޔެއިން ވަކި ވެގެން ދިޔުމާއި މަންމައަށް ވެސް ސިކުނޑީގެ މިކަންތައް ދިމާވާން އުޅޭ ވާހަކަ ބުނީމަ. އެކަމަކު ފަހުން ފިރިހެން ދަރިފުޅު ކައިރީގައި ބުނި ކަމަށްވަނީ، ތިމަންނާމެން މިކަމުގައި ހިތްވަރު ކޮށްފައި މަންމަ ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާނީއޭ. ދެން އިތުރު ފަރުވާއަށް ގެންދިޔައީ އޭޑީކޭ އަށް

މިއީ އަސްލުގައި ޓީޗިންގެ ދާއިރާގައި އެންމެ ފަޚުރުވެރިވެ އުފާވާ ކަންކަމަކީ. އޭޑީކޭ އަށް މިސް ގެންދިޔައިރު އެތަނުން ދިމާވީ މިސްގެ ކުރީގެ ދަރިވަރު ޑރ. އަލީ ނިޔާފްއާ. ޑރ. ޢަލީ ނިޔާފް ވިދާޅުވީ ތިއީ ތިމަންނާގެ މުދައްރިސްއޭ، ތިމަންނާ އޭ ފަރުވާ ކުރާނީ.

ޑރ. ޢަލީ ނިޔާފް އެމްއާރްއައި އަކާ އެއްޗެހި ހަދާފަ ބުނީ ސްޓްރޯކެއް ނޫނޭ، ކްލޮޓެކޭ އިނީ، ޓިއުމަރަކޭ. އޮަޕަރޭޝަން ކުރާށޭ ޖެހޭނީ. ކުދިން ކައިރީގައި ވެސް ބުނި ވަރަށް ބޮޑު އޮޕަރޭޝަނެކޭ ކުރަން މިޖެހެނީ އެހެންވީމަ ވަރަށް ހިތްވަރުގަދަ ކުރަން ވާނެއޭ. އެއޮޕަރޭޝަން ކާމިޔާބުވި،

އޮޕަރޭޝަނަށްފަހު މިސް އަށް ފުރަތަމަ، މިސްގެ ދަރިންނެއް ނޭނގުނު، އެކަމާ އެކުދިން ވަރަށް ރުއި. އެއްވެސް މީހަކު ނޭނގުނު. ޑރ.ނިޔާފް ވެސް ނޭނގުނު. ފަހުން ހަނދާނަށް އަންނަން ފެށީ

އެއަށްފަހު ޑރ. ނިޔާފް އައިންތު މިސް އަށް ނަސޭޙަތް ދެއްވީ ވަރަށް ގިނައިން އަރާމު ކުރާށެވެ. އަދި ސިކުނޑިއަށް ވަރަށް ބޮޑަށް އަރާމު ބޭނުންވާ ކަމަށާއި ބަރު މަސައްކަތް ވެސް ނުކުރުމަށް ބުންޏެވެ. ނަމަވެސް ތަޢުލީމު އުނގަންނައިދޭން ބޭނުންވާތީ އައިންތު މިސް އަތޮޅުތެރޭގެ ރަށަކަށް ގޮސް އެރަށުގެ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ކަން އަދާ ކުރެއްވިއެވެ.

އޭގެ އެއް އަހަރު ފަހުން މާލެ އައިސް ދިރިއުޅުން ބަދަލު ކުރެއްވިއެވެ. މިދިޔަ އަހަރު އަނެއްކާވެސް އައިންތު މިސް އަށް ސިއްޙީ ގޮތުން ބޮޑު ކަމަކާ ކުރިމަތިވެ، ބަނޑުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އުފަން ދުވަހު އޮތީ އޮޕަރޭޝަން ތިއޭޓަރުގައެވެ. އެއޮޕަރޭޝަން ކުރިއަށް ގެންދިޔައީ ފަސް ޑޮކްޓަރުންގެ ޓީމަކުންނެވެ.

އައިންތު މިސް ވިދާޅުވި ގޮތުގައި މިހާރު ސިއްޙަތަށް ވަރަށް ބަލައިގެން އުޅެން ޖެހުނު ކަމުގައިވިޔަސް ކައިބޮއެ ހަދަނީ ހަމަ އާންމުކޮށް ވެސް ކައި އުޅޭ އެއްޗެއްސެވެ. ނަމަވެސް ފިރިމީހާ ނިޔާވި ފަހުން ނިދުމާ އައިންތު މިސް ވަނީ ވަރަށް ދުރުވެފައެވެ.

ޢަލީ ނިޔާވި ދުވަހުން ފެށިގެން ރަނގަޅަށް ނުނިދޭ. އަބަދުވެސް ނިދެނީ ތިން ގަޑިއިރަށްވުރެ މަދުން.

މިއީ ހިތްވަރުގަދަ ކަނބަލެއްގެ ވާހަކައެވެ. އައިންތުމިސް އަށް ލިބިފައިވާ ހިތްވަރަށް އޭނާ އެންމެ ބޮޑަށް ޝުކުރު އަދާ ކުރަނީ ހެއްދެވި ފަރާތަށެވެ.

"އެންމެހާ ޝުކުރާ ޙަމްދު ޘަނާއެއް ހައްޤުވެގެންވަނީ ﷲ ތަޢާލާއަށް. އެއަށްފަހު އަހަރެންގެ މައިންބަފައިންނަށް ޝުކުރު އަދާކުރަން. މައިންބަފައިން މިހާރު ދުނިޔޭގައި ނެތް ނަމަވެސް، އެމީހުން ދިން ތަރުބިއްޔަތެއް ލިބިފައި މިހުރީ. ދެން ޝުކުރު އަދާ ކުރަނީ ލޯބިވާ ފިރިމީހާ ޢަލީ އަށް. އޭނާ ވެސް ދުނިޔޭގައި މިހާރު ނެތް ނަމަވެސް، އޭނާވެސް ދިން ހިތްވަރާއި، އިތުބާރުން މިހިސާބަށް އަންނަން ހިތްވަރު ލިބުނީ. ޝުކުރު އަދާ ކުރަން ދެ ދަރިންނަށް ވެސް. މަންމަ އަބަދުވެސް ވަރަށް ލޯބިވާ ވާހަކަ ވެސް ބުނަން. ހުރިހާ ދަރިވަރުންނަށް ވެސް ޝުކުރު އަދާކުރަން. އެކުދިންނަށް ކިޔަވައިދޭން ލިބުނު ފުރުސަތުންނާއި ދޭ އިތުބާރުން އަނބުރާ ތެދުވެވެނީ" އައިންތު މިސް ވިދާޅުވިއެވެ.

Ads by HDC
  1. ލަލަަ

    ދެންް މިވެސް ކިޔާފަަ ކަލޭމެންް ކުދިންް ހޭތި.ކޮންމެެ އަކުރެއްް ވަކިި ވަކިންް ކިޔާފަަ މަލާމަތްް ކުރަންެވާނެެ އެންމެންް ސްޓާފްް ރޫމްް ތެރޭގަަ ވެސްް. ޢެމީހާާ މަރާާ ހަނގުރާމަަ ކުރިި އިރުވެސްް މީހަކަށްް ހެޔޮދުއާާ ކޮއްލުމެއްް ނެތިި ކުރީީ މަލާމަތް.ކީީ އެއްޗިހި.ކިތަންމެެ ވަރަކަށްް މަލާމާތްް ކުރިޔަސްް އެމީާޔާާ އެއްފެންވަރަކަށްް ނާދެވޭނެެ.
    ވ.ސަލާމް

    • ލަލަލާ

      އެމީހާޔާ އެެެެެެެއްފެންވަރަކަށް އެެއްވެސް މީހަކު ނުވެއްޓުނިއްޔާަ ރަނގަޅީ.

    • ދެން ލަލަލާ

      އެކަމަނާގެ ހާދަ ފެންވަރެއް ހުރެގެންނޭ ޕްރިންސިޕަލްކަން ކުރި ރަށުން ތަޅާ ބޭރުކުރީ……….

      • އެޑުޔުކޭޝަން މީހާ

        އޭ! ބޭރުކުރީކީ ނޫން، އަމިއްލަ އަށް ދިޔައީ. ބޭރުކޮށްލިއްޔަަ ނިކަން އަހަރެމެން އަތުން ޗިޓު ހޯދަބަލަ. ތަރައްްޤީ ގެނެވޭނީ ތަރައްޤީ ވާން ބޭނުންވާ ބައެއްގެ ކައިރިން.

  2. ނަސްރު

    ބުނާނެ ހަމައެވެސް ބަހެއް ދުލަކަނާދެ.!@#$%^&*/=÷×+

  3. ދަރިވަރު

    މިސްއަކީ ވަރަށް ހިތްވަރުގަދަ މިސްއެއްކަން އިނގިއްޖެ. މިސް އަށް ކާމިޔާބު އުފާވެރި ދުވަސްތަކަކަށް އެދެން. އަދިވެސް ބައްދަލްވާނެކަމަށް އުންމީދުކުރަން. މިސްދެކެ ވަރަށް ލޯބިވޭ

  4. އެމީހާ

    މިސް ޕްރިންސިޕަލް އަކަށް ހުރި ރަށުގެ ޓީޗަރުންނަކީ ވަރަށް މަތީގަ އުޅޭ ބަޔެއް.. އެ ސްކޫލްގައި އުޅެނީ ހުސްވެރިން.. ކުދިންނަށް ލިބޭނެދެރައަކަށް ނުބަލާ އެޓީޗަރުންތައް އުޅުނީ މިސްއާއި ޒާތީގޮތުން ޖައްސާލައިގެން ބޭރުކުރަން..

    • ދަރިވަރު

      ކޮންރާކު. ކުދިންގެ ލާބަޔާ މަންފާއަށް ކުރީ ކޮންކަމެއް.

      • އޭނަ

        އިސްކޫލް ފެސްބުކް ޕޭޖު ބަލާލީމަ ފެނަން އެއޮތީ. 🙂

    • ޕޭރަންޓް

      އެއޮތީ ބޭރުކޮައްފަ. ޑޮކްޓަރު ރެސްޓް ކުރަން ބުނީމަ އައީމަވާނީ އެހެން.

      • ޕޭރެންޓް

        ތީކަލޭމެންގެެ މައްސަލަޔަކީީ.ބަދުބަސްް ބުނުން. މިސްް ދެކެ ރުޅިއައީީ ގަވާއިދައްް ކަލޭމެން ކައިރީީ އުޅެންް ބުނީމަަ.ބޭނުންް އިރަކުު ބޭރަށްް ނުދެވޭތީީ.ތިބުނީީ ތެދެއްް. ޢެހެރީީ ބޭރުކޮއްފަ.ކަލޭމެންް ބޭނުންް ވިި ގޮތައްް.ބާހެދުމުގަަ ސްކޫލަށްް އައިސް ސޮއިި ކޮއްލާފަަ ގެޔަށްް.އެހެންްއުޅެންް ބޭނުންވިި މީހުންް ގިނައީީ ތިތާގަަ.ތިޔަަ މީހުންް އަހަރުމެންގެގެދަރިންގެެ މަންފާޔައ ކުރީީ ކޮންް ކަމެއް؟ ބެލީީ މިސްް ނެރެލެވޭތޯޯ.މިސްް ދިޔައީމަަ ބިރިޔާނިި ކައްކައިގެން ވެސް ކެއީީ ހަމަަ ތިޔަަ މީހުންް.

      • ޕޭރެންޓް

        ވަރައްވެފަދޯތިތިބީ ކޮންމޮޅެއްވާނެކަމައް .ހަމަގައަމު މިސްތިބުނާ ސްކޫލައްވީ ގުރުބާނީއަހަރެންވެސް ދެކުނިން.މިސްނޫންގޯސްވީ.އެއްމެންވެސްބޭނުންވީ ބޮޑުކަން.

    • ޕޭރެންޓް

      ތީކަލޭމެންގެެ މައްސަލަޔަކީީ.ބަދުބަސްް ބުނުން. މިސްް ދެކެ ރުޅިއައީީ ގަވާއިދައްް ކަލޭމެން ކައިރީީ އުޅެންް ބުނީމަަ.ބޭނުންް އިރަކުު ބޭރަށްް ނުދެވޭތީީ.ތިބުނީީ ތެދެއްް. ޢެހެރީީ ބޭރުކޮއްފަ.ކަލޭމެންް ބޭނުންް ވިި ގޮތައްް.ބާހެދުމުގަަ ސްކޫލަށްް އައިސް ސޮއިި ކޮއްލާފަަ ގެޔަށްް.އެހެންްއުޅެންް ބޭނުންވިި މީހުންް ގިނައީީ ތިތާގަަ.ތިޔަަ މީހުންް އަހަރުމެންގެގެދަރިންގެެ މަންފާޔައ ކުރީީ ކޮންް ކަމެއް؟ ބެލީީ މިސްް ނެރެލެވޭތޯޯ.މިސްް ދިޔައީމަަ ބިރިޔާނިި ކައްކައިގެން ވެސް ކެއީީ ހަމަަ ތިޔަަ މީހުންް.

      • ކޮސްވޭ

        ކޮންޤަވައިދެއްގެ ވާހަކައެއް މިދައްކަނީ؟ އެމީހަކު ހިތުހުރިގޮތަކައް ކޮންކުރުމުން އެވޭތަ ސިވިލްސާވިސް ޤަވައިދަށް؟ މިސުވާލައް ޖަވާބު ދީބަލަ. ތިބުނާ މިސް އަކީ ދޮގުހެދުމާ، އޮޅުވާލުމާއި ފިތުނަ ފަސާދައިގެ އިންތިހާ. ޕޭރެންޓުން ކުރިމަތީގަވެސް ލަވަކިޔާ ޑާންސް ކޮށްލަދެއް ހަޔާތެއް ނުހުރޭ………

    • ޏަކި

      ބައެއް ރައްރަށުގަ އުޅޭ މީހުންގެ ފެންވަރު އެއީ. އެމީ ހުންނަށްވުރެން މޮޅުމީހަކު ގޮއްސިއްޔާ ހަޖަމެއް ނުވާނެ . ކުރެވެން އޮތްހާ ކަމެއްކޮށްގެން ބަލާނީ އެމީހަކު އެތަނުން ނެރެވޭތޯ.

  5. މަރީ

    ވަރަށް ދެރަވެއްޖެ ހަމަ ރޮވެނީ

  6. އޭނަ

    ހުރިހާޓީޗަރުންް އެފެންވަރަށްް ނުދަނީސްް އެމީހާާ ބަދަލުކުރީމަަ އުފާކުރަންް ބަދަލުކުރަންް މަސައްކަތްް ކޮށްދެއްވިި ހުރިހާ ބޭފުޅުންނަށްް ވވ. ބޮޮޑަށްް ޝުކުރިއްޔާ

  7. ކޮލީގް އެންޑް ސްޓުޑަންޓް

    މިސްގެ މަންމަ ބެލީ އެތަށް އަހަރެއް ވަންދެން މިސް. ދެން މިސް މަންމަ އުޅުނީ މިސް ބޭބެ ކައިރި ރަށެއްގަ. މިސް ޒިޔާރަތް ވެސް ކުރި. ނިޔާވި އިރު މިސްގެ ފިރިހެން ދަރިފުޅު ހުރީ ބެރުގަ ކިޔަވަން. ފަންޑު ކުރަމުން މިސް ކިހިނެއްދާނީ. އޭރު ފިރިހެން ދަރިފުޅަށް މާމަ ހުވަފެނުން ފެނިގެން ދާންވެސް އުޅުން ނިޔާވުމުގެ ކުރިން. ނިޔާވިއިރު އެރަށަށް މިސްގެ ބޭބެއިން އަދި އަންހެން ދަރިވެސް ދިޔަ. މިސްދެކެ ރުޅިއަންނަންޔާ ރުޅިއަންނަން ެއެންމެ ހައްގުވާނީ ފަހަރި. އެއީ އޭނަ މިސް މަންމަ ބަލައިދިނީ. އެކަމު އެދެމީހުން ނުލާހިކު ކުލޯސް. މިސް އަކީ ބައިވަރު މީހުންގެ އިންސްޕިރޭޝަނެއް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ މީހެއް. ލަވް ޔޫމިސް

  8. ޑަކުޓަރުގެ އިރުޝާދު

    ދެންވެސް ރެސްޓް ކުރަން ބުނީމަ ރެސްޓް ކުރާނީ. ބޭރު ކޮށްފަ އެއޮތީ. ރަށަކަށް ބޭނުމެއް ނޫން ތިމީހުންނެއް މަތިމަޗަށް ޑިގުރީ ނަގާ މަގާމުތަކުގަ އުޅުނަސް ހެޔޮ

    • ތިކަހަލަ މީހުންނާ ހެދި މި ޤައުމު ހަލާކު ވެގެން މި ދަނީ. ކަލޭމެންގެ ދޯހަޅިކަމާއި، ކަލޭމެންގެ ނާތަހުޒީބު ކަމާއި، ކަލޭމެންގެ ޖާހިލު ކަމުން. ކަލޭގެ ދަރިއަކު ކަލެއް ހަދާނެ ގޮތެއް ވިސްނާލާ، ކަލޭ ނަމޫނާ ެަެަެަެަެަެަ ތި ދައްކަނީ އެނދުރުން ނަށް އެއްޗެހި ގޮވަމުން.. ހެޔޮ ވިސްނުން ދެއްވާށި. އާމީން…

    • ކަލޯ

      ކިތަންމެ ވަރަކަށް ފެލުނަސް އެވަރަކަށް ނުކިޔެވޭނެ.. ފެންވަރެއް ނެތް

  9. މިސްދެކެެ ލޯބިވާާ ކުއްޖެއް

    މިސްގެެ ވާހަކަތައްް ކިޔާފަަ ހަަމަަ ރޮވިއްޖެ މިސްއަށްް އަބަދުވެސްް އުފާވެރިކަމާއިި ކާމިޔާބާއިި ދުޅަހެޔޮޮ ސިއްހަތެއްް މިންވަރުކުރައްވާށިިިި️…. މިސްދެކެެ ވަރަށްް ލޯބިވޭޭ ތީހަމަަ ވަރަށްް ވަރަށްް ވަރަށް ސަޅިި މިސްއެއްް

  10. ކިޔަވާދިނުމުގަވެސް، އެހެންދަރިވަރުންނަށް އަޅާލުމުގަވެސް ހަމަ ބެސްޓް ލެކްޗަރަރ

    • މީނަ

      މިސްއަކީީ ހިނިތުންް ވުމުގަަ ނަމޫނާާ މިސްއެއްް އަދިި ދޮގުހެހުމާއިި އަމިއްލަަ ގަވާއިދުތަކެއްް ގެނގުޅުމުގަވެސަަ ނަމޫނާާ މިސްއެއް

  11. ދަރިވަރެއް

    ްމިސްއަކީވަރަސްބެސްޓްމީހެއްއެކަމަކުކީއްކުރާނީބަޔަކުމީހުންހަމަމަގަށްއަޅުވަންއުޅުނީމަވީގޮތްމިސްއަށް.އަދިހަމައެއަތޮޅުގައިއޮންނާނެއެކަހަލަބަޔަކުއުޅޭއެއްރަށް

  12. ކޮސްވޭ

    ތިބުނާ ،މިސްއެއް ޕޭރެންޓުންނަށް ރަނގަޅުވަނީ ޕޭރަންޓް މީޓީންތަކުގަ ޓީޗަރުންނާއި ދިމާއަށް އެއްޗިހި ގޮވާތީ. އެނޫން އެއްވެސް ކަމެއް ކަމެއް ވެގެނެއްނޫން،،،،،،،،،،،،

    • ކޮސް ގޮވާ

      މިސް ރަނގަޅުވެގެން އުޅެނީ 30 އަހަރު ދުވަހު މި ދާއިރާގަ މިސް ކިޔަވާދިން ދަރިވަރުންނާއި ޕޭރަންޓުންނާއި މިސް އާއި އެކު މަސައްކަތް ކުރި މީހުން. އެންމެ ސުކޫލެއްގެ ވަކި ބަޔަކު މިސް ދެކެ ނަފްރަތު ކުރާތަން ފެނުމުން ދޭހަވަނީ އެބަޔަކު ޒާތީ ގޮތުން ޖައްސާލާފަ ތިބި ވަރު. މި ލިޔުމުގަ އެހެންނޫނަސް އޮތީ އެހެން ވާހަކައެއް. އޭގެންވެސް ދައްކާދެނީ ތިބަޔަކު ޒާތީ ވެފައިވާ މިންވަރު

  13. ޓީޗަރު

    ނަމަ ނަމަ ޓީޗަރާއި ނުބެހޭތި.