ރިޕޯޓް ދެން ފުރަމަލަ

ފްލެމިންގޯތަކުގެ އެންމެ ފުރިހަމަ ޝޮޓް ނަގާލި ޖައުފަރުގެ ލެންސް ޒޫމްކޮށްލުމެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ޖައުފަރު މަސައްކަތުގައި/ ފޮޓޯ: ފޭސްބުކް ޖައުފަރު އަލީ

ފޭސްބުކް ހާވަމުން ދަނިކޮށް ފެނުނީ ފްލެމިންގޯ ތަކެއްގެ ހިތްގައިމު ފޮޓޯތަކެއް އެކުވެރިއަކު ޝެއާ ކޮށްފައި އިންދައެވެ. އާއްމު ޕޭޖެއްގައި "ފްލެމިންގޯގެ ނަލަކަން ޖައުފަރުގެ ލެންސުން" ޖަހާފައި ޝެއާކޮށްފައިވާ އެޕޯސްޓުގައި ހުރި ފޮޓޯތަކުގެ ހިތްގައިމު ކަމުން ފޮޓޯތަކުގެ ތެރެއިން ޖައުފަރުގެ ލެންސް ޒޫމް ކޮށްލައި މިލެންސްގައި ނަގާފައިވާ ފޮޓޯތައް ބަލާލުމަށް ހިތުގައި އުފެދުނު ޝައުގުވެރިކަމެއްގެ ބޮޑުކަމުން ޖައުފަރުގެ "ޖައުޕިކްސް" ޕޭޖް ބަލާލީމެވެ.

Ads by Sosun Fihaara

ކޮންމެ ތީމްއަކަށް ވެސް ފެތޭ ރީތި އެތަައް ފޮޓޯތަކެއް ޖައުފަރުގެ ފޭސްބުކް ޕޭޖުގައި ހުއްޓެވެ. ޖައުފަރާއި ބައްދަލުކޮށް އޭނާގެ ލެންސް ޒޫމް ކޮށްލާ އެލެންސުގެ ފަހަތުގައިވާ ވާހަކަ ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމުގެ ޝައުގުވެރިކަން އުފެދުނީ އެހިސާބުންނެވެ.

ހދ. ކުޅުދުއްފުށީ ނަޖަފް، އުމުރުން 31 އަހަރުގެ ޖައުފަރު ބުނިގޮތުގައި އޭނާ މިދާއިރާގައި މަސައްކަތް ކުރާތާ މިހާރު ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ފުޓުބޯޅަ މުބާރާތެއްގެ ފޮޓޯނެގުމަށް ކުރެވުނު މަސައްކަތެއްގެ ތެރެއިން މިދާއިރާއަށް ޝައުގުވެރިކަން އުފެދުނު ޖައުފަރުގެ ފޭސްބުކް ޕޭޖަށް ބަލާލުމުންވެސް އޭނާގެ މަސައްކަތް ވަރަށް ސާފުކޮށްފެންނަން ހުއްޓެވެ.

ފޮޓޯ ޖައުޕިކްސް

ބޭބެގެ ކެމެރާއަކުން ނެގި ފޮޓޯތަކާއެކު މަސައްކަތް ފެށުނު ގޮތް

"ފޮނިބޮކި" އިންސްޓަގްރާމްގައި ޕޯސްޓު ކޮށްފައިވާ ފޮޓޯތަކުން ލިބުނު އިންސްޕިރޭޝަންގައި ފޮޓޯ ނަގަން ފެށީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބާއްވާ ފުޓުބޯޅަ މުބާރާތުގެ ފޮޓޯތައް ނަގަންފެށި އުފެދުނު ޝައުގާއެކު މަސައްކަތް ފެށީ 2010 ވަނަ އަހަރު ކަމަށް ޖައުފަރު ބުންޏެވެ.

"ދެން ފޮޓޯ އައިޑިއާ އައީ މީހުން ޕޯސް ކޮށްފައި ރަށުގެ އެކިތަންތަނުގައި ގުޅޭ ކޯޓްއެއް ޖަހާފައި. އެއީ 2013 އާއި 2014 ހިސާބުގައި. އޭރު ޖައުޕިކްސް ނަމުން ގިނަ މީހުންނަށް އެނގެންފެށީ. އޭރު ބޭނުން ކުރީ އަޅުގަނޑުގެ ބޭބެގެ ކެމެރާ ބޭނުންކުރީ" ޖައުފަރު ވިދާޅުވިއެވެ.

ފޮޓޯ ޖައުޕިކްސް

ޖައުފަރު ބުނިގޮތުގައި ފޮޓޯތައް ރަނގަޅުވުމުގެ ސަބަބުން އޭރު ޖައުޕިކްސް ދޫކޮށްލުމަށްފަހު ސްޓޫޑިއޯއަކުން ލިބުނު އޮފާއެއްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރުމަށްފަހު 2018 ވަނަ އަހަރު ދާއިރާއިން އަހަރެއްހާ ދުވަހުގެ އޭނާ ބްރޭކެއް ނެގިއެވެ. އެހެންނަމަވެސް އެނބުރި ދާއިރާއަށް އައީ އައިވެލް ޕޯޓްރެއިޓް ގެ ނަވާޒް އަދި ސަމީރުގެ އެހީއާއި ނުހަނު ވަރުގަދަ ހިތްވަރާއެކުކަމަށާއި ޖައުޕިކްސް ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން މިއަދާއި ހަމައަށް ކަސްޓަމަރު ބޭނުންވާ ކޮލިޓީއަށް ވުރެ ރަނގަޅު ފޮޓޯ އޭނާ އަންނަނީ ފޯރުކޮށްދެމުންނެވެ.

"ޕްލެމިންގޯ ފޮޓޯނަގަން މިހާރު ފަރިތަވާނެ އެއީ މިހާރު ފަސޭހަކަމެއް"

ރަނގަޅު އެކްސްޕޯސާރގައި ސަބްޖެކްޓަށް ފޯކަސް ފޮޓޯ ވަގުތު ގެއްލުމުގެ ކުރިން ނެގުމަށް ހާއްސަ ސަމާލުކަމެއް ދިން ޖައުފަރުގެ ފޮޓޯތައް އެންމެ ފުރަތަމަ ވައިރަލްވީ މިދިޔަ 2021 ވަނަ އަހަރު އޭނާ ނެގި ފްލެމިންގޯ ފޮޓޯތަކާއެކުއެވެ.

ފޮޓޯ ޖައުޕިކްސް

"2021 ގައި އެކުގައި ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަޝާ ގުޅާފަ ބުނީ ވަރަށް ރީއްޗޭ ފްލެމިންގޯތައް އެބަ ތިއްބޭ ދާންވީނޫންހޭ ފޮޓޯ ނަގަން. އޭރު ނޭނގޭ އެހާ ރީތި ކަމެއް. ދާން ނުދާން ހުރެފަ އަސްލަށް އެމަންޒަރު ފެނުނީމަ ގަޔާވި." ފްލެމިންގޯގެ ފޮޓޯނަގަން ފުރަތަމަ ކުރި ތަޖުރިބާ ހިއްސާ ކުރަމުން ޖައުފަރު ބުންޏެވެ.

ކުޅިއަށް އެރިގެން ނެގި ފޮޓޯތައް ވައިރަލްވެ ހީވެސް ނުކުރާވަރަށް ނޫސްތަކުން އޭނާއަށް ގުޅާ ހެދިއެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ގޮސް ނެގި ފްލެމިންގޯގެ ފޮޓޯތަކަކީ އޭނާ ފަރިތަކަމާއެކު ނަގާ ފޮޓޯތަކެއްކަމަށް ޖައުފަރު ބުންޏެވެ.

ފޮޓޯ ޖައުޕިކްސް

"ނޭޗަރ ފޮޓޯ ނަގަން ވައިލްޑް ލައިފް ފޮޓޯނަގަން އެތައް ދުރަކުން ފޮޓޯ ނެގޭ ޓެލެފޮޓޯ ލެންސެއްވެސް ގަތިން. އެކްސްޕީރިއެންސާއެކު ފްލެމިންގޯ ފޮޓޯ ނެގުމަކީ މިހާރު ފަސޭހަ ކަމެއް" ޖައުފަރު ބުންޏެވެ.

އަމިއްލައަށްވެސް އަންތަރީސްވި "މިލްކީވޭ" ފޮޓޯ

ފޮޓޯގްރަފީގައި އެންމެ ހަނދާނީ ތަޖުރިބާ އާއި ބެހޭގޮތުން ޖައުފަރުއާއި ސުވާލުކޮށްލުމުން ބުނީ ހަނދާނީ ތަޖުރިބާ ވަރަށް ގިނަ ކަމަށެވެ.

"އެގޮތުން އެންމެ ފާހަގަވަނީ އަމިއްލައަށްވެސް އަންތަރީސްވި މިލްކީވޭ ފޮޓޯ ނެގުން ދުވަހު. ތަރީގެ ފޮޓޯ ނަގަން ދަސްވެގެން ނެގުނު ފޮޓޯތައް ފެނިފަ" ޖައުފަރު ބުންޏެވެ.

ފޮޓޯ ޖައުޕިކްސް

އެންމެ ދެކެންބޭނުމީ ހދ. އަތޮޅުގައި ޓޫރިޒަމް އުފެދި ފޮޓޯގްރާފަރުންނަށް ފުރުސަތުލިބޭ ދުވަސް

ރަށުގެ ރައްޔިތުން އޭނާ ހުނަރު ބަލައިގަނެ އިތުބާރު ހިފޭ ފޮޓޯގްރާފަރަކަށް ވުމަކީ އެންމެ ބޮޑު ކާމިޔާބީ ކަމުގައި ޖައުފަރު ބުނެއެވެ. އަދި ދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކޮބައިތޯ ޖައުފަރު ކުރެން އަހާޅުމުން އޭނާ ބުނީ މާލެ ސިޓީއެކޭ އެއްފަދައިން ފޮޓޯގްރާފަރުން ހަޔަރ ކުރަން ނަގާ އަގު ކުޅުދުއްފުށީ އަދި ރާއްޖެތެރޭގައިވެސް ހަމަހަމަ ވެފައި ގެންގުޅޭ އަގުބޮޑެތި އިކުއިޕްމަންޓް އަދި އެކަމަށް ހޭދަވާ ވަގުތާއި އެއްވަރަށް ޝަކުވާއެއް ނެތި ލިބުން ކަމަށެވެ.

"އަދި ހދ. އަތޮޅުގައި ޓޫރިޒަމް އުފެދި އެކަމުގައި ފޮޓޯގުރާފަރުން ކުރިއަށް ދެވޭނެ ގޮތެއް" ޖައުފަރު ބުންޏެވެ.

ޖައުފަރު މަސައްކަތުގައި

ޝުކުުރުގެ ލިސްޓު ދިގު، ކެމެރާގެ ގިއަރ އެކީ ފެންނަފެށުމަށް ފަސޭހައަސް މިއީ ބުރަ މަސައްކަތެއް

"ސަޕޯޓް ލިބޭ ކުޅުދުއްފުށީ ސިޓީ އެންމެންގެ ފަރާތުންވެސް، ހިރަފުސް، އާއިލާ، ރަހުމަތްތެރިން، އަނބިމީހާ އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މުއައްޒަފުންގެ ފަރާތުން ހާއްސަކޮށް" ކުރިއަށް ދިޔުމަށް އެންމެ ބޮޑު ސަޕޯޓެއް ލިބެނީ ކޮންފަރާތަކުންތޯ އެހުމުން ޖައުފަރު ބުންޏެވެ.

ފޮޓޯ ޖައުޕިކްސް

ޖައުފަރު ބުނި ގޮތުގައި ފޮޓޯގްރަފީއަކީ ތަޖުރިބާ އަދި ރަނގަޅު ކެމެރާ ގިއަރ އެކީ ފެންނަ ފެނުމަށް ފަސޭހަކަމެއްހެން ހީވިއަސް ވަރަށް ބުރަ މަސައްކަތެއްކަމަށެވެ. އަދި ހުރިހާ ފޮޓޯގްރަފީގެ އަގު ދަމަހައްޓާ ކަސްޓަމަރ ސަޓިސްފެކްޝަން ދޭން މަސައްކަތް ކުރުމަށް ނަސޭހަތްތެރިވާކަމަށެވެ. އަދި ދެއްވާ އެހީތެރިކަަމާއި އެއްބާރުލުމަށް ފަރުހަތު މުހައްމަދާއި ހިރަފުސް އަށް ޖައުފަރުގެ ހިތް އޮތީ ޝުކުރުން ފުރިފައެވެ.

Ads by HDC
  1. ަޖަވާ

    އެންމެ ފުރިހަމަ ޝޮޓު ނަގާލައިފި. ފެންނާނެބަ؟

  2. ޖަވާ

    އެންމެ ފުރިހަމަ ޝޮޓު ނަގާލައިފި. ފެންނާނެބަ؟

  3. ހުދުހުދު

    ކޮއްކޯ ” ނަގާލި ” ދަސްކޮށްގެން ލިޔެބަލަ. ލަދެއްވެސް ނުަންނާނެ. އަދި އިނުން ހުރުން އޮތުންވެސް ދަސްކޮށްބަލަ.

  4. …….ނަގާލި ނުލިޔާށެވެ. އެއީ ކުށް ބަހެއްް….ލިޔަންވީ ނެގި

  5. ސަޅިއޭ

    ވަރަށް ހިތްގައިމު ޝޮޓުތަކެއް!

  6. ޢަސްލަށް ބުނަންޔާ

    އަސްލަށް ބުނަންޏާ ތިނުވެ އެކައްޗަކަށްވެސް ޖަވާ އާއި އަޅާބަލާއިރު…. މީހަކު ޕްރޮމޯޓު ކުރަންޏާ ލިޔެވިދާނެެ

    https://www.instagram.com/p/Cicxp9ZpJXA/?igshid=OGQ2MjdiOTE