ޚަބަރު

އިންޑިއާއިން ވެކްސިން ދިނަސް ޖަހަން ފަށާނީ ޑަބްލިއުއެޗްއޯ އިން ހުއްދަ ދިނުމުން: ނަޒްލާ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފައްދައިގެން މިއަދު ރާއްޖެއަށް ގެނައި 100،000 ޑޯޒް ކޮވިޑް ވެކްސިން ލިބުނު ނަމަވެސް އެ ވެކްސިންތައް ޖަހަން ފަށާނީ އެ ވެކްސިންގެ ރައްކާތެރިކަމަށް ޑަބްލިއުއެޗްއޯއިން ހުއްދަ ދިނުމުން ކަމަށް ކޮވިޑް ވެކްސިން ޓާސްކްފޯސްގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޑރ ނަޒްލާ މިހެން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ކޮވިޑް ވެކްސިން މިއަދު ރާއްޖެއަށް ގެނައުމާ ގުޅިގެން ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައެވެ. އެގޮތުން އެ ވެކްސިން ރާއްޖޭގެ ރައްޔިތުންނަށް ދޭނީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލާ ހުރިހާ މިންގަޑުތަކަކަށް ބެލުމަށްފަހުގައި ކަމަށާއި، އެ ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ވެސް ހޯދާނެ ކަމުގައި ނަޒްލާ ވިދާޅުވެފައި ވެއެވެ.

ރާއްޖެއަށް ބޭނުންވާ ކޮވިޑް-19 ވެކްސިން ވަރަށް އަވަހަށް އިންޑިއާއިން ފޯރުކޮށްދޭނެ ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވަނީ މިހަފްތާގެ ތެރޭގައި ވިދާޅުވެފައިވާއިރު، މިއަދު އެ ވެކްސިންތައް ރާއްޖެއަށް ވަނީ ގެނެސްފައެވެ.

Ads by PNC
  1. ޕީސިކްސް

    ޓެސްޓް މަރުހަލާ އުޅޭ ވެކްސިން އެއް