Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރިޔާސީ ދައުރު ދަންމާލަން އުޅޭ ވާހަކަ ދޮގުކުރައްވައިފި

ރިޔާސީ ދައުރު ދަންމާލަން އުޅޭ ވާހަކަ ދޮގުކުރައްވައިފި

ސަރުކާރުން ރިޔާސީ ދައުރު ދަންމާލަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ދާވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އަންނަ މަހުގެ 4ވަނަ ދުވަހު ނަގާ ވޯޓަށް އިދިކޮޅު އެމްޑީޕީން ދަނީ ދެކޮޅު ހަދަމުންނެވެ. އެޕާޓީން ތުހުމަތު ކުރާ ގޮތުގައި، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި ސަރުކާރުން މަސައްކަތް ކުރަނީ ރިޔާސީ ދައުރުވެސް ދިގު ކުރުމަށެވެ.

ރޭ ޒުވާނުންނާއެއްކޮށް ރައީސް ބޭއްވި ޕެނަލްގައި އެމަނިކުފާނު ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި އެކަހަލަ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

"އަޅުގަނޑު ހިތަށްއަރާ ކޮން ގައުމެއްގަބާއޭ އަޅުގަނޑުމެން މިއުޅެނީ، ގައުމުވެސް މި ގައުމުގައި ނަގަން މިއުޅޭ ވޯޓަކީ އެކަހަލަ ކަމެއް ނޫން."ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ މަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރިޔާސީ ދައުރު ދިގު ކުރާ ވާހަކަ ނުވަތަ ކުރު ކުރާ ވާހަކަވެސް ނޯންނާނެ ކަމަށެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ވޯޓަކަށް ދާން ޖެހެނީ، ހަރަދުތައް ކުޑަކުރުމުގެ އިތުރުން އެއް ބަޔަކަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުން ނިމުމަކަށް ގެނައުމުގެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް