ވިޔަފާރި

ހިލޭ ގެލެކްސީ ފިޓް އަދި ބަޑްސް ލިބޭ ގޮތަށް އުރީދޫއިން ސެމްސަންގްގެ އެންމެފަހުގެ ފޯނުތައް ޕްރީއޯޑަރަށް ހުޅުވާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް 21+ 5ޖީ އަދި އެސް 21 އަލްޓްރާ 5ޖީ ގެ ޕްރީއޯޑަރ ވަރަށް ހާއްސަ އޮފަރތަކާއެކު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

Ads by MWSC

އެގޮތުން ޕްރީއޯޑަރަށް ބައްލަވައިގަންނަވާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21+ ސީރީޒް ގެ ފޯނަކާއެކު، ކޮންމެ މަހަކު 2 ޖީބީ ހިލޭ ޑޭޓާ، 6 މަސް ދުވަހަށް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ޕްރީ އޯޑަރ ކުރައްވާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20+ އަކާ އެކު ސްމާރޓް ޓެގް، ގެލެކްސީ ފިޓް 2 ފިޓްނަސް ބޭންޑްއެއް ލިބިވަޑައިގަންނަވާނެ ކަމަށާއި ޕްރީއޯރޑަރ ކުރައްވާ ކޮންމެ ގެލެކްސީ އެސް 21 އަލްޓްރާއަކާއެކު ވެސް ހިލޭ ޑޭޓާގެ އިތުރުން ސްމާރޓް ޓެގް އަދި ގެލެކްސީ ބަޑްސް ލައިވް ޕްލަސްއެއް މުޅިން ހިލޭ ލިބިވަޑައިގަންނަވާނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

ސެމްސަންގް ގެލެކްސީ އެސް21+ ފޯނުތަކާއި އަގުތައް:

  • ސެމްސަންގް ގެލެކްސީ އެސް 21+

އަގު: 22،799 ރުފިޔާ، ކެޕޭސިޓީ: 256 ޖީބީ

  • ސެމްސަންގް ގެލެކްސީ އެސް 21+ އަލްޓްރާ

އަގު: 27،399 ރުފިޔާ، ކެޕޭސިޓީ: 256 ޖީބީ

ގެލެކްސީ އެސް 21 ސީރީޒްގެ ޕްރީއޯޑަރ ޚާއްސަ އޮފަރގެ އިތުރުން އީސިމް އަޕްގްރޭޑް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ވެސް އުރީދޫއިން ބުނެފައިވެއެވެ.

ޕްރީއޯރޑަރަށް މިއަދު ހުޅުވާލެވުނު ސެމްސަންގް ގެލެކްސީ 21+ ސީރީޒް ގެ މި ފޯނުތައް އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ޕްރީއޯރޑަރ ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދޭނެއެވެ.

މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް http://ore.do/app އަށް ޒިޔާރަތް ކުރަށްވާށެވެ.
އިތުރު މައުލޫމާތު ހޯދާލުމަށް http://ore.do/s21 އަށް ޒިޔާރަތް ކުރަށްވާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!