ރައީސް ޔާމީނަށް ކުރީ ނުޙައްޤު ހުކުމެއްކަން ސުޕްރީމް ކޯޓުގައި ސާބިތު ކޮށްދޭނަން: ޑރ. ޖަމީލު
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކޮށްފައިވަނީ ގާނޫނީ އިމުގެ ބޭރުން "ނުހައްގުން" ކޮށްފައިވާ ހުކުމެއްކަން ސުޕްރީމްކޯޓުގައި ސާބިތުކޮށްދޭނެ ކަމަށް އެމަނިކުފާނުގެ އިސްވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ ދިވެހިރާއްޖޭގައި ކަނޑައަޅާފައިވާ ގާނޫނުތަކާއި، ގާނޫނީ ހަމަތަކުގެ ތެރެއިން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރި ހަމަ އެކަނި ފަނޑިޔާރަކީ އެމައްސަލައިގެ ހުކުމް އިއްވާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސައިން ޝަހީދު ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ޝަހީދުގެ ރައުޔު އިއްވަމުން ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓާރ އަބްދުﷲ ޒިޔަތަކީ ފާސިޤުން ކަމުގައި ބެލެވޭއިރު، އެ ދެމީހުންގެ ހެކި ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށާއި ރައީސް ޔާމީންއާ ދެކޮޅަށް އެ ދެމީހުންގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށެވެ.
ފަނޑިޔާރު ޝަހީދުގެ ރައުޔުއަށް ތާއީދު ކުރައްވަމުން ޑރ. ޖަމީލު މިރޭ ވިދާޅުވީ ގާނޫނު ތަދުބީރު ކުރުމާއި ގާނޫނު މާނަކުރުމުގައި ހުރި ތަފާތު މިއަދުގެ އަޑުއެހުމުން ފެނިގެން ދިޔަ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން އިންސާފުވެރިކަމާއެކު ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރި ފަނޑިޔާރަކީ ޝަހީދު ކަމަށެވެ.
"ހައްގާއި ބާތިލް ގަބޫލު ކުރާ ކޮންމެ ރައްޔިތަކަށް ރައީސް ޔާމީންއަށް ކުރެވިފައިވާ ހުކުމަކީ 'ނުހައްގުން' ކުރެވިފައިވާ ހުކުމެއްކަން ސާފު ވާނެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވާ ހުކުމް ވަރަށް އަވަހަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނަން. އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމުގައި ހުރި އުނިކަމާއި، އައިބުކަން ސާބިތު ކޮށްދޭނަން" ޑރ. ޖަމީލު ވިދާޅުވިއެވެ.
މިއީ ކިހިނެއް ވާނެ ކަމެއްބާ އަހަރެމެންގެ ކަންފަތުން އަޑު އެހިން ރައީސް ޔާމިން ކޮންމެވެސް ޖަލްސާ އެއްގައި ދެންކި ވާހަކަ ފޮށި ފޮށި ގަޑު ގައި ދޫވެއްސަށް ވަދެފަ ހުންނާނީކީ ހަލާލު ފައިސާއެއް ނޫނޭ ރަޢައްޔްތުން ކުރިމަތީގައި އެ މަނިކުފާނު އޮތީ އެއްބްސްވެފަ ދެން ހަމަ މިގޮތަށް އިސްތިއުނާފް ކުރެވޭނެ ބާވައޭ ހިތަށް އަރާ ހަމަ އަހާލީ. އަޅުގަޑަށްވެސް ރަގަޅީ ޔާމީން މިނިވަންވުން.ޔާމީން ކަހަލަ ވެރިއެއް ދެންވެސް މިޤައުމުގެ ހުންގާނުގައި ހިއްޕެވުން …