ޝެއިހް ހުސެއިން ރަޝީދު ކޮވިޑް ވެކްސިން ޖައްސަވައިފި

ދީނީ އިލްމުވެރިޔާ ޝެއިހް ހުސެއިން ރަޝީދު އަހުމަދު ކޮވިޑް-19 ވެކްސިން ޖައްސަވައިފިއެވެ.
ޝެއިޚް ހުސެއިން ރަޝީދު ވެކްސިން ޖައްސަވާފައި ވަނީ ސައުދީ އަރަބިއާއިންނެވެ. އެގޮތުން ވެކްސިނުގެ ފުރަތަމަ ޑޯޒް ޖައްސަވަނިކޮށް ނަގާފައިވާ ފޮޓޯ އެއް އޭނާ ވަނީ މީސްމީޑިއާގައި ހިއްސާ ކުރައްވާފައެވެ.
އެމްޑީޕީ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހުސެން ރަޝީދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފޮރިން މިނިސްޓްރީގައި އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ.
ސައުދީގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ. އެގައުމުގައި ބޭނުންކުރަނީ ފައިޒަރގެ ކޮވިޑް-19 ވެކްސިނެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ނުވި ނަމަވެސް ބޭރު ގައުމުތަކުގައި ދިރިއުޅޭ ބައެއް ދިވެހިން އަންނަނީ ކޮވިޑަށް ވެކްސިން ޖަހަމުންނެވެ.
ހާމާނާ ހާދަ ވައްތަރޭ
ހާމާން ދުށިންތަ
ރަނގަޅު ގޮތެއް ވެއްޖެއްޔާ ރަނގަޅު
“ކޮވިޑް ވެކްސިން ޖެހި ޑޮކްޓަރަކު 16 ދުވަސް ފަހުން މަރުވެެއްޖެ”..!
ހުސައިން ރަޝީދު ވެކްސިން ޖެހުމަކީ އެ ވެކްސިން ރަނގަލުކަމަށް ބަލަންޖެހޭ ސަބަބެއް ނޫން. އެކަށީގެންވާ ފައިސާކޮޅެއް ލިބިއްޖެނަމަ ދިރިހުރެ ވަޅުލެވެން ފަސްނުޖެހޭމީހުންވެސް އޫޅޭނެ.