ކުޅިވަރު

"ޑުޕަރ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: އެމްޔޫއެސްސީ އެމްވީ އާއި ޒެފިއާގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ދެން އިޖޭޖަސް: ޢާލިމް އަބްދުއްލަތީފް

"ޑުޕަރ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު މެންޗެސްޓަރ ޔުނައިޓެޑް ސަޕޯރޓަރސް ކްލަބް މޯލްޑިވްސް (އެމްޔޫއެސްސީ.އެމްވީ) އާއި އެފްސީ ޒެފިއާ ބައްދަލު ކުރި މެޗު 4-4ގެ ނަތީޖާ އަކުން އެއްވަރު ވެގެން ނިމިއްޖެއެވެ.

Ads by Sosun Fihaara

މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު މެޗުގައި އެމްޔޫއެސްސީގެ ފަރާތުން ޖެހި ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖާރޒީ ނަންބަރު 9 ތައުސީގެވެ. އަދި މި ގޯލަށް ފަހު ވެސް އެޓީމުން ވަނީ ޒެފިއާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން އިތުރު ގޯލެއް ހާފް ނިމުމުގެ ކުރިން ކާމިޔާބުކޮށް އެޓީމުން ވަނީ 2 ގޯލްގެ ލީޑެއް ނަގާފައެވެ. އެގޯލަކީ ގޯލަކީ އެޓީމުގެ އަލީ ސިނާހް ކާމިޔާބު ކުރި ހިތްގައިމު ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޒެފިއާ އިން ވަނީ ގޯލެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަ ކޮށްފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ތިލްމީޒްއެވެ. އޭނާ އެމްޔޫއެސްސީގެ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ އެމްޔޫއެސްސީގެ ކީޕަރުގެ އަތުގައި ޖެހިފައެވެ.

ދެވަނަ ހާފް ފެށިގެން ވެސް ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވާދަވެރި ކުޅުމެކެވެ. އަދި ދެވަނަ ހާފުގައި ޒެފިއާ އިން ކުޅުން އިތުރަށް ރަނގަޅު ކޮށް ހާފް ފެށި މާ ގިނައިރުތަކެއް ނުވެ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. މި ގޯލް ކާމިޔާބު ކޮށްދިނީ ޒެފިއާގެ ޖާރޒީ ނަންބަރު 9 ނޫރިޝްއެވެ.

މިލަނޑާއެކު ނަތީޖާ ހަމަހަމަވި ނަމަވެސް މާ ގިިނައިރުތަކެއް ނުވެ މެޗުގައި އެމްޔޫއެސްސީގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިން ޖާރޒީ ނަންބަރު 9 ތައުސީގް ވަނީ އެ ޓީމަށް އިތުރު ގޯލެއް ކާމިޔާބު ކޮށްދީ އަނެއްކާ ވެސް ލީޑެއް ނަގާފައެވެ. އެހެން ނަމަވެސް ހަމަހަމަ ކުޅުމެެއް ފެނިގެން ދިޔަ މި މެޗުގައިި އަނެއްކާވެސް ޒެޕިއާ އިން އިތުރު ގޯލެއް މާ ގިނައިރުތަކެއް ނުވެ ކާމިޔާބު ކުރިއެވެ، އަދި އެގޯލާއެކު ނަތީޖާ 3-3 އިން ހަމަހަމަވިއެވެ. މި ގޯލް ޒެޕިއާއަށް ކާމިޔާބު ކޮށްދިނީ އެޓީމަށް ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ޖާރޒީ ނަންބަރު 14 ތިލްމީޒެވެ.

އޭގެ ފަހުން ޒެޕިއާއިން އަނެއްކާ ވެސް ގޯލެއް ކާމިޔާބު ކުރިއެވެ. ނަމަވެސް އެގޯލް ޖެހި ޒެޕިއާގެ ކުޅުންތެރިޔާގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ.

މެޗުގައި އެމްޔޫއެސްސީއަށް ހަތަރު ވަނަ ގޯލެއް ޖަހައިދީ އެޓީމަށް ތިންވަނަ ފަަހަރަށް ލީޑު ނަގައިދިނީ އެޓީމުގެ ޖާރޒީ ނަންބަރު 7 އަލީ ޝައްމާލް އަބްދުﷲއެވެ.

މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް، ދެވަނަ ހާފުގައި އެމްޔޫއެސްސީގެ ފަރާތުން 5 ފައުލަށްވުރެ ގިނަ ފައުލް ކުރުމުގެ ސަބަބުން ޒެޕިއާ އަށް ޕެނަލްޓީއެއް ލިބިގެން ދިޔައެވެ. މި ޕެނަލްޓީ ގޯލްގެ ތެރެއަށް ފަސޭހަ ކަމާއެކު ފޮނުވާލައި ޓީމް ޒެފިއާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މިއަދުގެ މެޗުގައި ހެޓްރިކް ހެދި ތިލްމީޒެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ޒެފިއާއަށް ގޯލް ކާމިޔާބު ކޮށްދިން އެޓީމުގެ ޖާރޒީ ނަންބަރު 14 ތިލްމީޒެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!