ކުޅިވަރު

"ޑުޕަރ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖް: ނަމުރު އެފްސީ އަތުން އާން ދޯ އަށް ހަނި މޮޅެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ޑުޕަރ" ފިފްޓީން މަޅި ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު ދެވަަނަ މެޗު ނަމުުރު އެފްސީއާ ވާދަކޮށް 1-0ގެ ނަތީޖާ އަކުން އާންދޯ އިން ކާމިޔާބު ކޮށްފިއެވެ.

Ads by MWSC

މި މެޗު ފަށައިގެން ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. އަދި ދެޓީމުން ކުރެ އެއްޓީމަކަށް ވެސް ގޯލެއް ނުޖެހި ގިނައިރުތަކެއް ކުޅެވިގެން ދިޔައެވެ. އެގޮތުގައި އިރުތަކެއް ވުމަށްފަހު މެޗުގައި ޖެހި ހަމައެކަނި ގޯލް ޖެހީ އާންދޯ އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާރޒީ ނަންބަރު 23 އާދަމް މަންސޫރެވެ.

އާން ދޯގެ މި ގޯލާއެކު އެޓީމުން އިތުރަށް ކުޅުން ރަނގަޅު ކުރިއެވެ. އަދި ލަނޑު ޖަހާނެ ގިނަ ފުުރުސަތުތަކެއް ވެސް ތަނަވަސް ކުރިއެވެ. އެހެން ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފިފައެއް ނުވެއެވެ.

މި މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0ގެ ނަތީޖާ އަކުން "އާން ދޯ" ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން ވެސް ދެޓީމްގެ ފަރާތުން ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ދެޓީމުގެ ފަރާތުން ވެސް އިދިކޮޅު ޓީމްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލިއެވެ. ނަމަވެސް ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މެޗު ނިމިގެން ދިޔައީ މެޗުގައި އާންދޯ އިން ކާމިޔާބު ކުރި ހަމައެކަނި ގޯލާއެކު އެޓީމު މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާންދޯގެ ޖާރޒީ ނަންބަރު 12 އިބްރާހިމް ސަލާމެވެ.

"ޑުޕަރ ފިފްޓީން” މަޅި ފުޓްސަލް ޗެލެންޖުގެ މެޗުތައް މިރޭ ވެސް ކުރިއަށް ދާނެއެވެ. އެގޮތުން މިރޭ 4 މެޗެއް ކުރިއަށް ދާނެއެވެ.

20:00 - މަސްއޮޑި އޮރިޖިނަލްސް އަދި ލުއްޗާސް

21:00- ނޮއެނާ އަދި ސީކޭ

22:00- ޒެފާސް އަދި ކޭއެޗް ޔުނައިޓެޑް

23:00 - މަސްއޮޑި އެސްސީ އަދި ޗިކެން އެސްސީ

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!