ޚަބަރު

ސަރުކާރުގެ މަކަރުވެރި މޫނު ހާމަވެއްޖެ: އާދަމް ޝަރީފް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިއްޔެއަކީ މި ސަރުކާރުގެ މަކަރުވެރި މޫނު ހާމަވެގެންދިޔަ ދުވަހެއް ކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން ދެމެހެއްޓުމާ ގުޅިގެން އާދަމް ޝަރީފް އުމަރު ވިދާޅުވީ އިއްޔެއަކީ ޖުޑިޝަރީ މިނިވަންކޮށް ކޮރަޕްޝަން އަށް ޒީރޯ ޓޮލަރެންސް ދޭނެކަމަށް ސަރުކާރުން ވީ ވައުދުގެ ނިވަލުގައި ވެރިކަމަށް އައި ކޯލިޝަން ގެ މަކަރުވެރި ސޫރަ ހާމަވީ ދުވަސް ކަމަށެވެ.

އަދި ހައްގުބަސް ބުނުމަށް ފަސްނުޖެހޭނެ ފަނޑިޔާރުން ތިބިކަން އިއްޔެ ހާމަވެގެންދިޔަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“ކްރިމިނަލް ކޯޓުގެ ހުކުމަށް ހައި ކޯޓުން 33 ފަސެންޓު ނޫނެކޭ ބުނި ދުވަސް” ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!