ކޮވިޑް-19: މިއަދުވެސް 65 މީހުން ފައްސި

ރާއްޖެއިން އިތުރު 65 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 38 މީހުންނާއި އަތޮޅުތެރެއިން މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 26 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 14،830 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 13,731 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 50 އެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 69 މީހުންނެވެ.
ރާއްޖޭގައި ބަލި ފެތުރުން މިހާރު ބޮޑުތަނުން ކޮންޓްރޯލް ވެފައިވީ ނަމަވެސް، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުން ފަރުވާ ކުޑަކުރަމުން އަންނަކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ.
އެގޮތުން ބައެއް ފަރާތްތަކުން މިހާރު ބޭރުގައި އުޅޭއިރު މާސްކު ރަނގަޅަށް ނާޅާ އުޅޭކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.