ކުޅިވަރު

“ޑުޕަ ފިފްޓީން” މަޅި ފުޓްސަލް ޗެލެންޖް: މެސީގެ ހަތަރު ގޯލާއެކު ޒެފަރސްގެ މައްޗަށް ބޮޑު ތަފާތަކުން ކޭއެޗް ޔުނައިޓެޑް ކުރި ހޯދައިފި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޑުޕަރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖުގެ މިރޭ ޒެފާރސް އާއި ކޭއެޗް ޔުނައިޓްޑް ބައްދަލުކުރި މެޗު 7-0 ގެ ނަތީޖާއަކާއެކު ބޮޑު ތަފާތަކުން ކޭއެޗް ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.

Ads by MWSC

މި މެޗުގައި ވެސް މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. އަދި ދެޓީމުގެ ފަރާތުން ވެސް އިދިކޮޅު ޓީމިގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވަނީ ފޮނުވާލައިފައެވެ.

ގިނަ އިރުތަކެއް ދެޓީމުން ކުރެ އެއްޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވި އޮތުމަށް ފަހު ކޭއެޗް ޔުނައިޓެޑުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ހިތްގައިމު ގޯލަކާއެކު އެޓީމަށް ލީޑު ނަގައިދިނީ ޖާރޒީ ނަންބަރު 9، މުހައްމަދު ނާފިއު އެވެ.

ކޭއެޗް ޔުނައިޓެޑްގެ ފުރަތަމަ ގޯލަށް ފަހު މާ ގިނަ އިރުތަކެއް ނުވެ އަނެއްކާވެސް އެޓީމުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ރާއްޖޭގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ހުނަރުވެރި ފޯވާރޑު އިސްމާއިލް އީސާ (މެސީ) އެވެ. މެސީގެ ގޯލާއެކު މާ ގިނަ އިރުތަކެއް ނުވެ 2-0 ގެ ނަތީިޖާއަކުން ކޭއެޗް ޔުނައިޓެޑް ކުރީގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައެވެ.

ދެވަނަ ހާފު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ކޭއެޗް ޔުނައިޓެޑުން ވަނީ ތިންވަނަ ލަނޑެއް ޖަހައި ތިން ގޯލުގެ ލީޑެއް ނަގައިފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖާރޒީ ނަންބަރު 11 ސޮލާހުއެވެ. މިގޯލަށް ފަހު ވެސް ކޭއެޗް ޔުނައިޓެޑުން ވަަނީ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ނަމަވެސް ގިނަ ފުރުސަތުތައް ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

މާ ގިނައިރުތަކެއް ނުވެ މެޗުގައި ރަނގަޅު ހިސާބަކުން ކޭއެޗް ޔުނައިޓެޑަށް ހިލޭ ޖެހުމެއް ލިބިގެން ދިޔައެވެ. ޒެޕާސް ގެ އޭރިޔާ ލައިން މަތިން ކަހަލަ ގޮތަކަށް ލިބިގެން ދިޔަ މި ހިލޭ ޖެހުން ކުރިއަށް ފޮނުވާލީ، ވިފާގުއެވެ. ނަމަވެސް ވިފާގު ފޮނުވާލި ބާރު ހަމަލާ ޒެފަރސްގެ ކީޕަރު ވަނި ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގައި ކޭއެޗް ޔުނައިޓެޑުގެ 7 ނަންބަރު، ވިފާގުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އެގޮތުން 4 ވަނަ ގޯލެއް އެޓީމަށް ކާމިޔާބު ކޮށްދީ، ނަތީޖާގެ ފަރަޤު ފުޅާކޮށްދިނީ ވިފާގުގެ ހިތްގައިމު ގޯލަކުންނެވެ. މި ގޯލު އޭނާ ކާމިޔާބު ކުރީ ކައިރިއަށް އައި ދެ ކުޅުންތެރިން ވެސް ކަޓުވާލުމަށް ފަހު ޒެފަރސްގެ އޭރިޔާގެ ބޭރުން ބާރު ހަމަލާއެއް ފޮނުވާލައިގެންނެވެ.

ވިފާގުގެ ގޯލަށް ފަހު މާގިނަ އިރުތަކެއް ނުވެ އަނެއްކާވެސް ކޭއެޗް ޔުނައިޓެޑުން ވަނި އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ މި މެޗުގައި ކޭއެޗް ޔުނައިޓެޑުގެ ދެވަނަ ގޯލު ވެސް ކާމިޔާބު ކޮށްދިން އިސްމާއިލް އީސާ (މެސީ) އެވެ. މެސީގެ ،މި ގޯލަށް ފަހު ޖެހިގެން އައި މިނެޓުގައި ޒެޕާސްގެ އޭރިޔާ ތެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުގެ ސަބަބުން ކޭއެޗް ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބިގެން ދިޔައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް މި މެޗުގައި މެސީ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

އޭގެ ޖެހިގން އައި މިނެޓުގައި މެސީ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް 7 ގޯލުގެ ލީޑެއް ކޭއެޗް ޔުނައިޓެޑަށް ނަގައިދީފައެވެ. މި ގޯލަކީ މެސީ މި މެޗުގައި ކާމިޔާބުކުރި 4 ވަނަ ގޯލެވެ.

މި މެޗުގައި 4 ގޯލު ޖަހައި މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ އިސްމާއިލް އީސާ (މެސީ) އެވެ.

ކޭއެޗް ޔުނައިޓެޑުގައި ހުނަރުވެރި އެތައް ކުޅުންތެރިންނެއް ހިމެނެއެވެ، އޭގެ ތެރޭގައި، ފުރަތަމަ ޑިވިޝަން ގައި ރާއްޖޭގެ ބޮޑެތި ކުލަބުތަކަށާއި، ރާއްޖޭގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ހުނަރުވެރި ފޯވާޜޑު އިސްމާއިލް އީސާ (މެސީ) ފާހަގަ ކޮށްލެވެއެވެ. އަދި ފުޓްސަލް ގައި ރާއްޖޭގެ ފާހަގަ ކޮށްލެވޭ ޒުވާން މޮޅު ކުޅުންތެރިއެއް ކަމަށްވާ އިސްމާއިލް ވިފާގު ވެސް މި ޓީމުގައި ހިމެނެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސް، ޓްރިޕަލް އޭ އެޗްގެ އިތުރުން އެސްޖޭ ހާޑްވެއަރ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!