ކުޅިވަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: ޓްވިންސް ގާޑަން އަތުން އެންއެސް ރޯމާ އަށް މޮޅެއް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅެވުނު ދެވަނަ މެޗުގައި ޓްވިންސް ގާޑަންއާ ވާދަކޮށް އެންއެސް ރޯމާއިން 8-6 ގެ ނަތީޖާއަކުން ކުރިހޯދައިފިއެވެ.

Ads by Sosun Fihaara

މިއީ މި ދެޓީމު ވެސް މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. މި ދެޓީމަށް ވެސް ކުޅުނު ފުރަތަމަ މެޗުން ވީ އެއްވަރެވެ. ޓްވިންސް ގާޑަން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު އެއްވަރުވީ ޑީސީ އެވެންޖާސް އާއި ވާދަކޮށް 4-4 ގެ ނަތީޖާއަކުންނެވެ. އަދި އެންއެސް ރޯމާ ކުޅުނު މެޗުން އެއްވަރުވީ ޒެޕޯ އާއި ވާދަކޮށް 3-3 ގެ ނަތީޖާއަކުންނެވެ

ގިނަ ގޯލްތަކެއް ފެނިގެން ދިޔަ މިރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ދެޓީމުން ވެސް އިދިކޮޅު ޓީމުގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައިވާއިރު ފެނިގެން ދިޔައީ ފޯރިގަދަ ކުޅުމެކެވެ.

މި މެޗުގައި އެންއެސް ރޯމާގެ ސަފްވާން ރަމްޒީގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު ކުޅުމެކެވެ. އެގޮތުން އޭނާ ވަނީ މިރޭގެ މެޗުގައި 4 ގޯލް ކާމިޔާބު ކޮށްފައެވެ. އަދި އެޓީމުގެ ސިނާން އިބްރާހިމް ވަނީ މެޗުގައި ހެޓްރިކެއް ހަދާފައެވެ. މި މެޗުގައި ދެން އެޓީމަށް ގޯލް ޖަހައިދިނީ ހުސެއިން އިބްރާހިމެވެ.

ޓްވިންސް ގާޑަން ޓީމަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ އަހުމަދު ޒިދާން އާއި ހައިޝަމް ރަޝީދުގެ އިތުރުން މުހައްމަދު އަރާޝް އެވެ. މީގެތެރެއިން ހައިޝަމް ރަޝީދު ވަނީ ހެޓްރިކް ހަދާފައެވެ.

މި މެޗުގައި މޮޅު ކުޅުމެއް ދައްކައި ހަތަރު ލަނޑުޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލު ކުރީ އެންއެސް ރޯމާގެ ސަފްވާން ރަމްޒީއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕަރ ފިފްޓީން" ޕިއްޒާ އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ. އަދި އެސްޖޭ ހާޑްވެއަރ ވެސް ހިމެނެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތު ދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!