"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖް: ދަ ރޯޔަލްސް ބަލިކޮށް ކޭއެޗް ލަޔަންސް އަށް މުބާރާތުގައި ފުރަތަމަ މޮޅު
ޑުޕާރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖުގައި މިރޭ ދަ ރޯޔަލްސް އާއި ކޭއެޗް ލަޔަންސް ބައްދަލު ކުރި މެޗު 4-2 ގެ ނަތީޖާއަކުން ކޭއެޗް ލަޔަންސް އިން ކާމިޔާބު ކޮށްފިއެވެ.
ކޭއެޗް ލަޔަންސް މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ނިމުނީ 2-2 އަކުން އެއްވަރު ވެގެންނެވެ. އެ މެޗުގައި އެޓީމުން ވާދަކުރީ ވޯންޓެޑާ ދެކޮޅަށެވެ. އަދި ދަ ރޯޔަލްސް ވަނީ މި މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުން ޓީވައިޕީ އާއި ވާދަކޮށް 6-1 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު ކާމިޔާބު ކޮށްފައެވެ.
މިރޭގެ މެޗުގައި ކޭއެޗް ލަޔަންސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު އެ ޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މި މެޗުގައި އެެޓީމުން ޖެހި ގޯލުތައް ކާމިޔާބު ކުރީ ޝަހީމް އަބްދުލް ޤާދިރު، އަހުމަދު ވަޖީހު، އިބްރާހިމް ޝަފްރާޒް އަދި މުޙައްމަދު ޝިރުހާންއެވެ.
ދަ ރޯޔަލްސް އިން ޖެހި ދެގޯލު ވެސް މި މެޗުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާރޒީ ނަންބަރު 5، އައްޒާމް އަލީ ދީދީ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޭއެޗް ލަޔަންސްގެ ޖާރޒީ ނަންބަރު 11، އަލީ ސިމާހުއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.
ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.
މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.