މާރާމާރީ ދެ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދަނީ

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މާރާމާރީ ދެ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދުމުގެ މަސައްކަތުގައި ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝް ރައްޔިތުން ކަމަށްވާ މުޙައްމަދު ބޮކިލް ހޮސައިން (31އ) މުހަމަދުލް ހަސަން (41އ) ކަމަށެވެ.
ފުލުހުން ވަނީ މި ދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 99110099 އަށް ގުޅުއްވައި ޙިއްސާ ކުރުމަށް އެދިފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.