ޚަބަރު

ކޮވިޑް-19: ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެ ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ.

Ads by Hajj Corporation

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓު ކޮށްފައި އޮތް އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނަކު، މިއަދު ހަވީރު 4:27 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ކޮވިޑް ބައްޔަށް ފައްސިވެގެން ނިޔާވި 51 ވަނަ މީހާއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِرَاجِعُون

އެޗްޕީއޭ ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަަކަށް ބަލާއިރު އިއްޔެ ރާއްޖެއިން 55 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ.

ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު 14،885 އަށް އަރާފައިވާއިރު، ޖުމްލަ 13،813 މީހަކު މިބަލިން މިހާރު ވަނީ ފަސޭހަ ވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!