ކުޅިވަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: ކޭއެޗް ޔުނައިޓެޑް ބަލިކޮށް މަސްއޮޑި އެސްސީއިން ދެވަނަ ބުރާ ގާތަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި މިރޭ ކޭއެޗް ޔުނައިޓެޑާއި މަސްއޮޑި އެސްސީ ކުޅުނު މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް މަސްއޮޑި އެސްސީ އިން ދެވަނަ ބުރާ ގާތަށް ޖެހިލައިފިއެވެ.

މިރޭގެ މެޗަށް މި ދެޓީމު ވެސް ނުކުތީ ކުޅުނު ފުރަތަަމަ މެޗުން މޮޅުވެ ތިން ޕޮއިންޓާއެކު ހަމަޖެހިލައިގެންނެވެ. އެގޮތުން މަސްއޮޑި އެސްސީގެ ފުރަތަމަ މެޗުގައި އެޓީމުންވަނީ 9-0ގެ ފަރަގު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފިއެވެ. އަދި ކޭއެޗް ޔުނައިޓެޑުން އެޓީމުގެ ފުރަތަަމަ މެޗު ޒެފާސްއާ ވާދަކޮށް ކާމިޔާބު ކުރީ 7-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް އިދިކޮޅުގެ ގޯލަށް ފޮނުވާލައިފައިވާއިރު ފެނިގެން ދިޔައީ ފޯރިގަދަ ކުޅުމެކެވެ. އަދި ދެޓީމުގެ ފަރާތުން ވެސް ހަލުވި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

މިރޭގެ މެޗުގައި މަސްއޮޑި އެސްސީގެ ގޯލްތައް ކާމިޔާބު ކޮށްދިނީ އަޔާޒް އަހްމަދު (އަޔާ) އަދި ރިހާމް އަބްދުލްޣަނީ (ބޮބީ) އެވެ.

މި މެޗުގަައި މޮޅު ކުޅުމެއް ދައްކައި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރާއްޖޭގެ ފުޓްސަލްގައި ފާހަގަ ކޮށްލެވޭ ހުނަރުވެރި ކުޅުންތެރިޔާ އަޔާޒް އަހްމަދު (އަޔާ) އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!