ޚަބަރު

އަދުރޭ އާއި ޝުޖާއު ބަންދުން ދޫކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ސަން

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު މެންދުރު ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އާއި އެޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު، ދޫކޮށްލައިފިއެވެ.

އިންތިހާބު އަވަސް ކުރުމަށާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ވަނީ މިއަދު މެންދުރު 1:30 ހާއިރުން ފެށިގެން އިލެކްޝަންސް ކޮމިޝަން ސަރަޙައްދުގައި އިހުތިޖާޖު ކޮށްފައެވެ.

މިއީ ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ސީދާ ހަރަކާތަށް މަގުމައްޗަށް ނުކުންނަން އިދިކޮޅުން ޤަރާރު ފާސް ކުރުމަށްފަހު ބޭއްވުނު ފުރަތަމަ އިހުތިޖާޖެވެ.

މި އިހުތިޖާޖުގެ ތެރެއިން ފުލުހުން ވަނީ ބައެއް ފަރާތްތަށް ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފައެވެ. އޭގެތެރޭގައި އަދުރޭ އާއި ޝުޖާއު ގެ އިތުރުން، ކައުންސިލު މެންބަރ ނަރީޝް، ކައުންސިލު މެންބަރ އަމްސޫދާ މުޙައްމަދު، ކައުންސިލު މެންބަރ ޝަހީދު އިބްރާހިމް، ކައުންސިލު މެންބަރ އައިމިނަތު ފަޒްލާ އަދި ބައެއް ސަޕޯޓަރުން ވެސް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!