ޚަބަރު

ޕާޓީތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ރާއްޖޭގައި ބޭއްވި ކައިވެނި ޕާޓީއެއްގެ ތެރެއިން

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވާތީ ޕާޓީތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާ ކޮށްފިއެވެ.

Ads by MWSC

ކޮވިޑްގެ ކޭސްތައް މަދުވާން ފެށުމުން ، އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ފިޔަވަހިތަކުގެ ދަށުން މާލެ ސަރަހައްދުގައި ޕާޓީތަކާއި ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

ނަމަވެސް އަނެއްކާވެސް ކޮވިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމުން އެޗްޕީއޭއިން ވަނީ ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ރަސްމިއްޔާތުތަކާއި ޕާޓިތައް ބޭއްވުން މެދުކަނޑާލުމުގެ އިތުރުން ވެސް ވަނީ ބައެއް ފިޔަވަޅު އަޅާފައެވެ. މިގޮތުން،

  1. 2021 ޖަނަވަރީ 27 ވަނަ ދުވަހުގެ ރޭ 00:12 އިން ފެށިގެން ފަތިހު 00:4 އަށް، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  2. މި ހިނދުން ފެށިގެން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރުން.
  3.  2021 ޖަނަވަރީ 29 ވަނަ ދުވަހުން ފެށިގެން، ފަތުރުވެރިން ފިޔަވައި، ރާއްޖެއިންބޭރުން އަންނަ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން ހިމެނެއެވެ.

ފިޔަވަޅުތައް އަޅާފައިވާއިރު، މިދިޔަ ދުވަސްތަކުގައި މާލެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދުވަނީ އިންތިހާއަށް އިތުރުވެފައެވެ. އެގޮތުން ޖެނުއަރީ މަހުގެ ފުރަތަމަ 24 ދުވަހު އެކަނި ވެސް ރާއްޖެއިން ވަނީ 1200 އަށް ވުރެ ގިނަ މީހުން ފައްސިވެފައެވެ. އަދި ތިން މީހަކު ވަނީ ނިޔާވެފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!