ޚަބަރު

ރާއްޖެއިން ބޭރުން މާލެ އަންނަ ދިވެހިން ކަރަންޓީން ކުރަން ނިންމައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް ގިނަ ވަމުން އަންނާތީ، ފަތުރުވެރިން ފިޔަވައި ބޭރު ގައުމުތަކުން ރާއްޖެ އަންނަ ފަރާތްތައް ކަރަންޓީނު ކުރަން ނިންމައިފިއެވެ.

Ads by MWSC

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން، ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ރާއްޖެއަށް ވޯކް ވިސާގައި އަންނަ ބިދޭސީން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

ނަމަވެސް ކޮވިޑްގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވަމުން އަންނާތީ، އެޗްޕީއޭއިން ވަނީ އަނެއްކާވެސް ފަތުރުވެރިން ފިޔަވައި، ދެން ރާއްޖެ އަންނަ އެހެން ފަރާތްތައް ކަރަންޓީނު ކުރަން ނިންމާފައެވެ.

މި ފަރާތްތައް ކަރަންޓީނުވާން ޖެހޭނީ 10 ދުވަހުގެ މުއްދަތަކަށެވެ.

މީގެ އިތުރުން ވެސް އެޗްޕީއޭއިން ވަނީ ބައެއް ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން،

  1. މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
  2. 2021 ޖަނަވަރީ 27 ވަނަ ދުވަހުގެ ރޭ 00:12 އިން ފެށިގެން ފަތިހު 00:4 އަށް، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  3. މި ހިނދުން ފެށިގެން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރުން ހިމެނެއެވެ.

ފިޔަވަޅުތައް އަޅާފައިވާއިރު، މިދިޔަ ދުވަސްތަކުގައި މާލެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެގޮތުން ޖެނުއަރީ މަހުގެ ފުރަތަމަ 24 ދުވަހު އެކަނި ވެސް ރާއްޖެއިން ވަނީ 1200 އަށް ވުރެ ގިނަ މީހުން ފައްސިވެފައެވެ. އަދި ތިން މީހަކު ވަނީ ނިޔާވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!