ޚަބަރު

މުޒާހަރާ ތެރެއިން އަނެއްކާ ވެސް އަދުރޭ އާއި ޝުޖާޢު ހައްޔަރު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިދިކޮޅު ކޯލިޝަންގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ޕީއެންސީގެ ލީޑަރު ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އާއި އެޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ads by MWSC

"ދެން" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މީގެ ފުލުހުން ވަނީ ކުޑައިރުކޮޅެއް ކުރިން އަދުރޭ އާއި ޝުޖާޢު ހައްޔަރު ކޮށްފައި ކަމަށެވެ.

އިންޑިއާއިން ހަދިޔާ ކޮށްފައިވާ ވެކްސިންތަކާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މިއަދު މެންދުރު ހެލްތު މިނިސްޓްރީ ކުރިމަތީގައި ވަނީ މުޒާހަރާ ފަށާފައެވެ.

އިދިކޮޅުގެ ފަރާތުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަހަމަދު ނަސީމްއާ ބައްދަލު ކުރުމަށް ވެސް ޕްރޮގްރެސިވް ކޯލިޝަންގެ ބައެއް ލީޑަރުން މިއަދު ވަނީ މަސައްކަތް ކުރަައްވާފައެވެ.

މިމުޒާހަަރާގެ ތެރެއިން އަދުރޭއާ ޝުޖާޢު ހައްޔަރު ކޮށްފައިވާއިރު، މިދިޔަ ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަން ސަރަޙައްދުގައި އެކޯލިޝަނުން ބޭއްވި މުޒާހަރާ ތެރެއިން ވެސް އެ ދެ ބޭފުޅުން ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް ހަމަ އެރޭ އެ ދެ ބޭފުޅުން ވެސް ވަނީ ދޫކޮށްލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!