ހުޅުމާލޭގެ އިތުރު 6 މަގެއް އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލުކުރަނީ

ހުޅުމާލޭގެ އިތުރު މަގުތަކެއްގެ އެއްކޮޅަށް ދުއްވާ މަގުތަކެއްގެ ގޮތުގައި ހަމަޖައްސަން ނިންމައިފިއެވެ.
އެއްކޮޅަށް ދުއްވާ މަގުތަކެއްގެ ގޮތުގައި ހަ މަގެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ މަގުތައް ބޭނުން ކުރާ ފަރާތްތައް އިތުރުވަމުން އަންނާތީ، މާލޭ ސިޓީގެ އެ ރަށުގެ މަގުތަކަކީ ރައްކާތެރި އަދި ފަސޭހައިން ދަތުރު ކުރެވޭ މަގުތަކެއް ކަމަށް ހަދަން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި އެ ޕްލޭންގެ ދަށުން ބައެއް މަގުތައް އެއް ކޮޅަށް ދަތުރު ކުރާ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިންވެސް އެޗްޑީސީ އިން ވަނީ ހުޅުމާލޭގެ 20 މަގެއް އެއްކޮޅަށް ދުއްވާ ގޮތަށް ހަމަޖައްސައިފައެވެ. މަގުތައް އެއްކޮޅަށް ދުއްވާގޮތަށް ހަމަޖެއްސުމުން ދުއްވާ މީހުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.