އަދުރޭ އާއި ޝުޖާޢު ދޫނިދޫއަށް ގެންގޮސްފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު މެންދުރު ހެލްތު މިނިސްޓްރީ ކުރިމަތީގައި ބޭއްވި މުޒާހަރާ ތެރެއިން ހައްޔަރުކުރި ޕީއެންސީގެ ލީޑަރ ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) އާއި އެޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ދޫނިދޫއަށް ގެންގޮސްފިއެވެ.
މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެ ދެ ބޭފުޅުން ހައްޔަރު ކޮށްފައިވާއިރު، އެ ބޭފުޅުން ފުރަތަމަ ގެންގޮސްފައި ވަނީ މާލޭގައި ހުންނަ ފުލުހުންގެ ޖަލަށެވެ.
އަދުރޭ އާއި ޝުޖާޢު ހައްޔަރު ކުރީ، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ ހިންގާ ދަރުބާރުގެ ކައިރިންނެވެ.