އަދުރޭ އާއި ޝުޖާއު ޑޮކްޓަރަށް ދައްކަން މާލެ ގެނެސްފި

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މާލޭގައި އިއްުޔެ ހެލްތު މިނިސްޓްރީ ކުރިމަތީގައި ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރު ކޮށްފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީ ނައިބު ރައީސް އިބްރާހިމް ޝުޖާއު ޑޮކްޓަރަށް ދައްކަން މާލެ ގެނެސްފިއެވެ.
މި ދެ ބޭފުޅުން ވެސް ޑޮކްޓަރަށް ދައްކަން ގެންގޮސްފައި ވަނީ ފުލުހުންގެ ނޫސަންދަ ކްލިނިކަށެވެ.
އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އެ ދެ ބޭފުޅުން ހައްޔަރު ކޮށްފައިވާއިރު، އެ ބޭފުޅުން ފުރަތަމަ ގެންގޮސްފައި ވަނީ މާލޭގައި ހުންނަ ފުލުހުންގެ ޖަލަށެވެ. ނަމަވެސް ފަހުން ދެ ބޭފުޅުން ވަނީ ދޫނިދޫ ޖަލަށް ބަދަލު ކޮށްފައެވެ.
އަދުރޭ އާއި ޝުޖާޢު ހައްޔަރު ކުރީ، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ ހިންގާ ދަރުބާރުގެ ކައިރިންނެވެ.