ޚަބަރު

މި މަހު ސާވިސް ޗާޖު އެންމެ ގިނައިން ދިން 10 ރިސޯޓަކީ މިއީ!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އަހަރު ފެށޭ ދުވަސްވަރަކީ އަބަދުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރެކެވެ. އެކަމުގެ ސަބަބުން ރިސޯޓު މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ވެސް ބޮޑު އަދަދެއް މި ދުވަސްވަރު ލިބެއެވެ.

Ads by STELCO

ރާއްޖޭގައި 145 އާ ރިސޯޓު މި ވަގުތު އޮޕަރޭޝަންގައި އޮތް އިރު ރިިސޯޓު މުވައްޒަފުން ހިމެނޭ ރިސޯޓް ވޯކާސް އިން ވަނީ މި މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިން 10 ރިސޯޓުގެ ލިސްޓެއް ހަދައި އާއްމު ކޮށްފައެވެ.

މި ލިސްޓަށް ބަލާއިރު މިދިޔަ މަހުގެ 20 އިން މި މަހުގެ 20 ގެ ނިޔަލަށް  އެންމެ ބޮޑު ސާވިސް ޗާޖެއް ޖެހިފައި ވަނީ ވެލާ ޕްރައިވެޓް އައިލެންޑު ރިސޯޓުގެ މުވައްޒަފުންނަށެވެ. އެނގިފައިވާ ގޮތުގައި އެރިސޯޓުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 4079.10 ޑޮލަރު ދީފައިވެއެވެ. ދިވެހި ރުފިޔާއިން ބަލާއިރު އެއީ 62،899.722 ރުފިޔާއެވެ.

މުވައްޒަފުންނަށް އެންމެ ގިނައިން ސާވިސް ޗާޖު ދޭ ރިސޯޓުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އަބަދުވެސް ވެލާ ރިސޯޓު އޮވެއެވެ.

ލިސްޓުގެ ދެވަނައިގައި އޮތީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓެވެ. އިތާފުށިން ވަނީ މި މަހު ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 3،340 ޑޮލަރު (51،502 ރުފިޔާ) ދީފައެވެ.

މި ލިސްޓުގެ ތިންވަނައިގައި އޮތީ ވަން ޝެވަލް ބްލަންކް މޯލްޑިވްސް ރިސޯޓެވެ. އެ ރިސޯޓުން ވަނީ 3315 ޑޮލަރު ދީފައި ވެއެވެ. ހަތަރުވަނައިގައި އޮތް ވަން އެން އޮންލޯ މޯލްޑިވްސް މޯލްޑިވްސް އިން ދީފައި ވަނީ 3007 ޑޮލަރެވެ.

މީގެ އިތުރުން ވެސް އެންމެ ގިނަ ސަރވިސް ޗަރޖް ދިން ރަށްތަކުގެ ތެރޭގައި ފޯ ސީޒަންސް، ނޫޓްލެސް މޯލްޑިވްސް، ޖޯލި މޯލްޑިވްސް، ވައްކަރު އަނަންތާރާ ކިހާވަށް އަދި ނިޔާމަ އައިލެންޑް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!