ޚަބަރު

އިތާފުށީގެ ސާވިސްޗާޖު މިމަހު ވެސް 30،000 ރުފިޔާ އަށް ވުރެ މަތި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ވަލްޑޯފް އޮސްޓްރިއާ އިތާފުށިން މި މަހު ވެސް ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 2،078 ޑޮލަރު ދީފިއެވެ. މިއީ ދިވެހި ރުފިޔާއިން ނަމަ ކޮންމެ މުވައްޒަފަކަށް ވެސް 32،042 ރުފިޔާއެވެ.

Ads by MWSC

"ރިސޯޓު ވޯކާސް މޯލްޑިވްސް" ފޭސްބުކް ޕޭޖުގައި ހިއްސާ ކޮށްފައިވާ މި މައުލޫމާތުތަކާއެކު، މިއީ މިހާތަނަށް މި މަހުގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ ސާވިސް ޗާޖު މުވައްޒަފުންނަށް ދެވުނު ރިސޯޓެވެ.

މި މަހު ކޮންމެ މުވައްޒަފަކަށް ވެސް 2،078 ޑޮލަރު ދީފައިވާއިރު، މިދިޔަ މަހުގައި ވެސް އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 2.433 ޑޮލަރު ދީފައެވެ. އިތާފުށްޓަށް ފަހު ދެން އެންމެ ގިނަ ސާވޮސް ޗާޖެއްދިން ރިސޯޓެއްގެ ގޮތުގައި ފާހަގަ ކޯށްލެވެނީ، ވެލާ ޕްރައިވެޓް އައިލޭންޑް ރިސޯޓެވެ. އެ ރިސޯޓުން މިދިޔަ މަހު ކޮންމެ މުވައްޒަފަކަށް 2،303 ޑޮލަރު ވަނީ ދީފައެވެ.

މިމަހުގެ މިހާތަނަށް ސާވިސް ޗާޖު އެންމެ މަތިން ދީފައިވާ ބައެއް ރިސޯޓުތަކަށް ބަލާލާއިރު، ޗެވަލް ބްލެންކް ރަންދެލި (2،728.27 ޑޮލަރު)، ޖޯލި މޯލްޑިވްސް (1،823.86 ޑޮލަރު)، ވައްކަރު މޯލްޑިވްސް (1،181.65 ޑޮލަރު) އަދި އަނަންތަރާ ކިހާވަތް މޯލްޑިވްސް (1،160.07 ޑޮލަރު) ފާހަގަ ކޮށްލެވެއެވެ. މިރިސޯޓުތަކުގެ ތެރެއިން އެންމެ މަތިން ސާވިސް ޗާޖު ދެމުން އަންނަ ވެލާ ޕްރައިވެޓް އައިލޭންޑުން ސާވިސް ޗާޖުގެ ގޮތުގައި މި މަހު ދީފައިވާ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!