ޚަބަރު

ވެލާ ރިސޯޓުން މިމަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 62،000 އަށްވުރެ ގިނަ ރުފިޔާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވެލާ ރިސޯޓުން މިހިނގާ ޖެނުއަރީ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި އެރިސޯޓުގެ ކޮންމެ މުވައްޒަފަކަށް 62،000 އަށްވުރެ ގިނަ ރުފިޔާ ދީފިއެވެ.

Ads by MWSC

އެނގިފައިވާ ގޮތުގައި އެރިސޯޓުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 4079.10 ޑޮލަރު ދީފައިވެއެވެ. ދިވެހި ރުފިޔާއިން ބަލާއިރު އެއީ 62،899.722 ރުފިޔާއެވެ.

މުވައްޒަފުންނަށް އެންމެ ގިނައިން ސާވިސް ޗާޖު ދޭ ރިސޯޓުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އަބަދުވެސް ވެލާ ރިސޯޓު އޮވެއެވެ.

ރާއްޖޭގައި ވެސް މިދިޔަ އަހަރު ކޮވިޑް-19 ހަލުވިކަމާއެކު ފެތުރުމާ ގުޅިގެން، ބޯޑަރުތައް ބަންދު ކުރިއެވެ. އެކަމާ ގުޅިގެން ފަތުރުވެރިކަމަށް އަސަރުކޮށް އެ ދާއިރާގައި މަސައްކަތް ކުރަމުންދިޔަ ވަރަށް ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލުނެވެ.

އެއިރު ވެލާ ރިސޯޓްގެ އޮޕަރޭޝަން ވެސް ހުއްޓާލި ނަމަވެސް، ރިސޯޓުން ބޭރުގައި ތިބި މުވައްޒަފުންގެ ތެރެއިން 600 ޑޮލަރަށްވުރެ ކުޑަ މުސާރައެއް ލިބޭ މުވައްޒަފުންނަށް އަސާސީ މުސާރައާ އެކު އިތުރު 200 ޑޮލަރުގެ އެލަވަންސެއް އެރިސޯޓުން ދިނެވެ. އަދި 600 ޑޮލަރަށް ވުރެ ބޮޑު މުސާރަ ލިބޭ މީހުންނަށް، މުސާރައާއެކު އިތުރު އެލަވެންސްގެ ގޮތުގައި 100 ޑޮލަރު ދިންކަން ވެސް އެނގިފައިވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!