ވިޔަފާރި

އިތާފުށިން މި މަހު ސާވިސް ޗާޖްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ބައިލައްކަ ރުފިޔާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުން މި މަހު ކޮންމެ މުވައްޒަފަކަށް ބައި ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ސާވިސް ޗާޖެއް ދީފިއެވެ.

Ads by MWSC

ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓުތަކުގެ ތެރޭގައި ފާހަގަވެފައި އޮންނަ އިތާފުށި ރިސޯޓަކީ ހިލްޓަން އޭޝިއާ ޕެސިފިކް އިން ހިންގަމުން އަންނަ ރިސޯޓެކެވެ.

އިތާފުށިން ވަނީ މި މަހު ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 3،340 ޑޮލަރު (51،502 ރުފިޔާ) ދީފައެވެ. މިއީ މި މަހު އެންމެ ގިނައިން ސާވިސް ޗާޖު ދިން ރިސޯޓެވެ.

މި ލިސްޓުގެ ދެވަނައިގައި އޮތީ ވަން އެން އޮންލީ ރީތިރަށް ރިސޯޓެވެ. އެ ރިސޯޓުން ވަނީ 3007 ޑޮލަރު (46،367 ރުފިޔާ) ދީފައިވެއެވެ. ތިން ވަނައިގައި އޮތް އަނަންތަރާ ކިހަވައް މޯލްޑިވްސް އިން ދީފައިވަނީ ޑޮލަރު (32،335 ރުފިޔާ) އެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރު ދުވަސްވަރެއް ކަމުން މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ޖެހޭ އަދަދު ވެސް އިތުރުވެއެވެ. ނަމަވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކުން މުވައްޒަފުންނަށް ދޭން ޖެހޭ މިންވަރަށް ސާވިސް ޗާޖު ނުދޭ މައްސަލައަކީ އަބަދުވެސް ބޮޑު މައްސަލައެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!