ޚަބަރު

ނިމްޝާ ވަޒީފާއިން ވަކިވާން ނިންމީ ބަލި ހާލަތު ހުރި ގޮތުން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މޯލްޑިވިއަންގައި ކެބިން ކްރޫއެއްގެ ގޮތުގައި ވަޒީފާ އަދާ ކުރަމުންދާ ޓިކްޓޮކް ތަރި ނިމްޝާ ޒާހިރު (ނިމް) ވަޒީފާއިން ވަކި ކޮށްފައި ވާކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކޮށްފިއެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކޮށްލުމަށް "ދެން"އިން ނިމްޝާއާ ގުޅާލުމުން އޭނާ ބުނީ، މީސްމީޑިއާގައި އޭނާއާ ގުޅޭ ގޮތުން ދެކެވެމުން ދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އޭނާއަށް ވަޒީފާގެ މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވާތީ، މިހާރު އުޅޭ ވަޒީފާއިން ވަކިވުމަށް ސިޓީ ލައިފައި ވާކަމަށް ނިމްޝާ ބުންޏެވެ.

"އަސްލު ވަޒީފާއަކުން ވަތްކެއް ނުކުރޭ ނިމްއެއް އިނގޭ، ނިމް އަމިއްލައަށް ރިޒައިން ލާފަ އިންނާނީ. އެއީ ނިމްއަށް ރަނގަޅު ޖޮބް އޮޕޮޗިއުނިޓީސް ލިބުނީމަ. އަދިވެސް ކޮމްޕެނީއަކުން ނިމްއެއް ކަނޑައެއް ނުލާ. އަދިވެސް މިހުރީ ހަމަ ކްރޫއެއް ގޮތަށް"

ނިމްޝާ

"ދެން"އާ ވާހަކަ ދައްކަމުން ނިމްޝާ ބުނީ އޭނާ ވަޒީފާއިން ވަކިވާން ނިންމީ އޭނާގެ ބަލި ހާލަތު ހުރިގޮތުންނާ އެކުގައި ވެސް ކަމަށެވެ. އަދި ބަލިވެ އުޅޭތާ މިހާރު 10 ވަރަކަށް ދުވަސް ވެއްޖެ ކަމަށާއި، މިހާރު ވެސް އޭނާ އޮތީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި ކަމަށް އޭނާ ބުންޏެވެ.

ފޮޓޯ: އިންސްޓަގުރާމް

މީގެ އިތުރުން ނިމްޝާގެ ވީޑިއޯތައް މިދުވަސްވަރު ނުފެންނަނީ ވެސް އޭނާގެ ބަލި ހާލަތު ހުރިގޮތުން ކަމަށާއި، ރަނގަޅުވީހާ އަވަހަކަށް އަނެއްކާ ވެސް އޭނާގެ އިތުރު ވިޑިއޯތައް އާންމުންނަށް ފެނިގެން ދާނެ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި އޭނާއަށް ސަޕޯޓު ކުރާ އެންމެހާ ފަރާތްތަކަށް ވެސް ނިމްޝާ ވަނީ ޝުކުރު އަދާކޮށް ސަޕޯޓު ކުރުމުގައި ދެމި ތިބުމަށް އެދިފައެވެ.

  1. ހޭބަލި ވަ މިހިށި ރަންކޮޅޭ !!!!!!!

  2. އައިޝް

    ޓިކްޓޮކްގަ އޮރިޔާން ވާން އުޅޭ މަންޖެއެއް
    މަންޖެއަށް ހެޔޮވިސްނުން ދެއްވާށި

  3. ދޮގޭ

    އޮރިޔާން ވެގެން ހުރެ ޓިކްޓޮކް ކުޅޭތީ މެމޯ ފޮނުވާފަ އެތައްފަހަރަކު ގެންގޮންވެސް އިސްލާހު ނުވީމަ ކަނޑާލާފަ އެހެރީ.

  4. އަދުރޭ

    ބަލިނުވާނެވަރަކަށްތައް ތި ބުނޑު ތަޅުވަނީ.ބަލާ މިހުންވެސް ބަލާ ބަލާ ބަލިވެއްޖެ.

  5. ނިމުޝާއަށް އަވަސް ޝިފާޔަކަށް އެދެން، ނިމްޝާއަކީ އިންސާނީ ހިދުމަތުގައި ނަމޫނާ ކަމަނާއެއް، ނިމްޝާގެ ހިދުމަތް ލިބޭނެ ކަމުގައި އުއްމީދު ކުރަން އަދިވެސް ! ހިދުމަތް ކުރުމުގައި ދެމި ހުންނަވާ ﷲ ނިމުޝާޔަށް ހެޔުގޮތް އަދި ކާމިޔާބީ މިންވަރު ކުރައްވައި ފުރިހަމަ ދުޅަހެޔު ކަންދެއްވާށި!

  6. ހެޔޮއެދޭ ރައްޓެހިން

    ނިމްޝާ ހެޔޮނުވާނެ އާދެސްކޮށްފަ ބުނަން އިންސާނުންނަށް ކުއްވެސް ކުރެވޭނީ ހަމަ އެފަދައިން ކޮންމެ އިންސާނަކަށްވެސް ތައުބާވުމުގެ ފުރުސަތުވެސް އެބައޮތް ތި ބަލިއެނދުގަ އޮވެގެންވެސް ވިސްނާ ފިކުރު ކުރޭ އިންސާނާ ނެތިފަނާވެ ދާނެ ދުވަހެއް ވަގުތެއް އެއްވެސް އިންސާނަކަށް ނޭންގޭނެ ހެޔޮވިސްނި ހެޔޮމަގަށް ރުޖޫއަ ވާނޭކަމަށް އުމީދުކުރަން

  7. ގަންޖާ

    ތައުބާވެ އިސްލާހް ވާންވީ. ތިބާ އަމިއްލަޔައް ސޭލް އަޅުވައިގެން ތިބާގެ ޒީނަތް ތެރިކަން ހިލޭ ފިރިހެނުނައް ނީލަން ކިޔުން ހުއްޓާލާ.