ޚަބަރު

ދިރާގު މަމެން : ޑޭޓާ އެޑް އޮން ތަކުން %15 ޑިސްކައުންޓް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިރާގުން މަމެން ޑޭޓާ އެޑް-އޮން ތަކުން ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

Ads by Sosun Fihaara

މިޚާއްސަ ޕްރޮމޯޝަންގެ ދަށުން %15 ޑިސްކައުންޓް 20 މާރިޗް 2021 އާ ހަމައަށް ޑޭޓާ އެޑް އޮން ތަކުން ލިބިގެން ދާނެ ކަމަށް ދިރާގުން ބުނެއެވެ.

ޑޭޓާ އެޑް-އޮން ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން އެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޮންތައް ބަލާލެވޭނެއެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި، މިޕެކޭޖްތަކުގެ އަދަދު ދައްކާފައިހުންނާނީ "އާރބީ" އިންނެވެ. އަދި ޕެކޭޖް ގަތުމާއެކު "އާރބީ"ގެ ބެލެންސުން ކެނޑިގެން ދާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

"ހުރިހާ ކަސްޓަމަރުންވެސް އެޑްއޮން ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް އިލްތިމާސް ކުރަން" ދިރާގުން ބުނެފައި ވެއެވެ.

އެކައުންޓްގެ ބެލެންސް ނުވަތަ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސް.އެމް.އެސް ކޮށްގެން ނުވަރަ *142# އަށް ގުޅާލައިގެން ބަލާލެވޭނެއެވެ.

ދިރާގުން ވަނީ ޚާއްޞަ ޑޭޓާ އެޑްއޮން ޕެކޭޖްތަކެއް މިދިޔަ އަހަރު ޑިސެމްބަރ މަހުގެތެރޭގައި ވެސް ތައާރަފްކޮށްފައެވެ. މި އެޑް އޮން ތަކަކީ ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިންގެ ބޭނުންތަކަށް ހާއްސަ ކޮށްގެން ފަރުމާ ކޮށްފައިވާ އެޑްއޮން ތަކެއް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އެގޮތުން ދިރާގު ކަސްޓަމަރުންނަށް 7 ދުވަހާއި 15 ދުވަހާއި އަދި 30 ދުވަހުގެ މުއްދަތު ހިމެނޭ އެޑް-އޮން މިޕްރޮމޯޝަންގެ ދަށުން ނެގޭނެއެވެ.

ދިރާގު "މަމެން" އަކީ ޒުވާނުންނަށް އަމާޒު ކޮށްގެން ތައާރަފުކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕްލޭނެކެވެ. މި މޮބައިލް ޕްލޭނަށް ޒުވާނުންގެ ފަރާތުން ނުހަނު މަގުބޫލުކަމެއް ލިބިފައިވެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް https://bit.ly/3sZTBHN

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!