ޚަބަރު

ލަންކާ، ނޭޕާލް އަދި ބަންގްލަދޭޝް ގައި ކޮވިޝީލްޑް ވެކްސިން ޖަހަން ފަށައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އަވައްޓެރި ތިން ގައުމެއްގައި އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ޖަހަން ފަށައިފިއެވެ.

Ads by Sosun Fihaara

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރެޒެނެކާ ކުންފުނީގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ޖަހަން ފަށާފައިވަނީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އިންނެވެ.

މި ތިން ގައުމަށް ވެސް ވެކްސިން ހަދިޔާ ކޮށްފައިވަނީ އިންޑިއާ ސަރުކާރުންނެވެ. އެގޮތުން ލަންކާ އަށް ކޮވިޝީލްޑްގެ 500،000 ޑޯޒް  ހަދިޔާ ކޮށްފައިވާއިރު، އެގައުމުގައި ވެކްސިން ޖެހުމުގެ ހުއްދަ ދީ މިއަދު ވަނީ ވެކްސިން ޖަހަން ފަށާފައެވެ.

ނޭޕާލްއަށް ދީފައިވަނީ ވެކްސިންގެ އެއް މިލިއަން ޑޯޒް އެވެ. އެގައުމުގައި ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ބަންގްލަދޭޝް އަށް ކޮވިޝީލްޑް ވެކްސިންގެ ދެ މިލިއަން ޑޯޒް އިންޑިއާ ސަރުކާރުން ދިން އިރު ބަންގްލަދޭޝް އިން ވަނީ ވެކްސިން ގެ ފަސް މިލިއަން ޑޯޒް ސެރަމް އިންސްޓިޓިއުޓް އިން ގަނެފައެވެ. އަދި މިހާރު ވަނީ ރައްޔިތުންނަށް ވެކްސިން ދޭން ފަށާފައެވެ.

ރާއްޖެއަށް ވެސް މި ވެކްސިންގެ އެއް މިލިއަން ވެކްސިން އިންޑިއާ ސަރުކާރުން ހަދިޔާކުރިއިރު، އެފްޑީއޭ އިން ވަނީ ވެކްސިން ޖެހުމުގެ ހުއްދަ ދީފައިވާ ކަން އިއްޔެ އާންމު ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!