މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް ކިޔަވައިދޭން ޣިޔާސުއްދީން ސްކޫލަށް އަންގައިފި
ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކިޔަވައިދިނުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އަންގައިފިއެވެ.
މިނިސްޓްރީއިން މިހެން އަންގާފައި ވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑު 10 ފިޔަވައި އެހެން ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ގެނައުން ހުއްޓާލައި އޮންލައިންކޮށް ކިޔަވައިދޭން ފަށާފައިވުމާ ގުޅިގެންނެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވެފައި ވަނީ އޮންލައިންކޮށް ކިޔަވައިދޭން ފަށާފައި ވަނީ ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދިޔުމާ ގުޅިގެން ކަމަށާއި އެ ފިޔަވަޅު އެޅީ ބައެއް ސްކޫލްތަކުގެ ޓީޗަރުންނާއި ދަރިވަރުން ވެސް ޑައިރެކްޓް ކޮންޓެކުޓުންނަށް ވެ، ކަރަންޓީނަށް ދާން ޖެހޭކަމުގެ ރިޕޯޓްތައް ވަނީ އިތުރުވުމާ ގުޅިގެން ކަމަށެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަންގެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ ސްކޫލަކުން ވެސް އެ ތަނުގެ ގައިޑްލައިންތަކަށް ބަލައި އެއާ އެއްގޮތަށް ކިޔަވައިދިނުމަށް ޣިޔާސުއްދީން ސްކޫލަށް އަންގާފައިވާ ކަމަށެވެ. އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ މިނިސްޓްރީއަށް އެންމެ މުހިއްމު ކަމެވެ. އެ އިރެއްގެ ހާލަތަށް ބަލައި ކަމާބެހޭ ފަރާތްތަކުގެ ލަފައާ އިރުޝާދާ އެކު ފިޔަވަޅުތައް އަޅަމުންދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ކޮވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފަށާފައިވާއިރު، ސްކޫލްތަކުންވެސް ދަނީ ކޮވިޑަށް ދަރިވަރުންނާއި ޓީޗަރުން ފައްސި ވަމުންނެވެ. މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 15،496 މީހުން ފައްސި ވެފައިވެއެވެ. ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 14،028 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 51 އެވެ. ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 116 މީހުންނެވެ.
އެޑިޔުކޭޝަންމިނިސްޓްރީގަ ތިބި ނާގާބިލު ވެރިންގެ ފެންވަރު ތީގެން އެނގެނީ. ޢިޔާސުއްދީން ސްކޫލުން އެ ހެދީ އެންމެ ރަނގަޅަށް.
އިސްލާމް ދިވެހި ފޮތް ވެސް ގަންނަން ޖެހެނީ އެކަމަކު ބައެއް ކަންކަން އެޑިއުކޭޝަން މިނިސްޓްރީ އިން ބުނާ ގޮތައް ހަދަން މި ޖެހެނީ. އެންމެ ދުވަހެއް ވެސް ނުކިޔަވާ ނުދޭ އެ ކުދިން ދިޔަ އީ މާރޗް މަހުން ފެށިގެން އޮންލައިން ކޮއް ކިޔަވަމުން
އިޔާސުއްދީން އަކީ ޕްރައިވެޓް ސްކޫލެއް. އެޑިއުކޭޝަން އިން އެ ސްކޫލަށް މިކަމުގައި ބާރު ދެއްކިގެން ނުވާނެ. އެޗްޕީއޭ އިން ނަމަ އޯކޭ
ޢަލީ މުސްތަފާއަށް ވަރަށް ހަސަދަވެރިވާނެ އެޑިއުކޭޝަނުގެ ބޭފުޅުން
ޣިޔާސުއްދީން ސްކޫލަށް އަމުުރު ކުރާއިރު ފޮތް ކޮޅު އެހެން ސްކޫލްތަކާ އެއްގޮތައް ނުދެނީ ކީއްވެބާ ކޮންމެ ދިވެހި ދަރިވަރަކައްދޭންބުނި ނާސްތާވެސް ނުދޭ. މިހެން މިކަންކަން އޮތްއިރު އެޑިއުކޭޝަން އިން އެ ސްކޫލްގެ ނިންމުންތަކާ ބެހެނީ ކީއްކުރަން ކިހާ ޖޯކް ސްކޫލް އިން