ކުޅިވަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: އެފްސީ ޒެފިއާ އަތުން ހަނި މޮޅަކާއެކު ނޮއެނާ ކުއާޓާ ފައިނަލަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ޑުޕަ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖުގައި ރޭ އެފްސީ ޒެފިއާގެ މައްޗަށް ކުރި ހޯދައި ނޮއެނާ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ. 

Ads by STELCO

މި ދެޓީމު ބައްދަލު ކުރި މެޗު ނޮއެނާއިން ކާމިޔާބު ކުރީ 1-0ގެ ފަރަގު ހަނި ނަތީޖާއަކުންނެވެ. މި މޮޅާއެކު ނޮއެނާ ކުއާޓާ ފައިނަލަށް ގޮސްފައިވާއިރު،ކުއާޓާ ފައިނަލުގައި އެޓީމުން ބައްދަލު ކުރާނީ މަސްއޮޑި ސްޕޯރޓްސް ކްލަބާއެވެ. 

މިއަދުގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައިރު ގޯލް ޖަހާނެ ފުރުސަތުތައް ދެޓީމުން ވެސް ތަނަވަސް ކޮށްފައިވެއެވެ. މިއަދުގެ މެޗުގައި ނޮއެނާއިން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ އެޓީމުގެ ޖާރޒީ ނަންބަރު 11 ހުސައިން އަފްޒަލްއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޮއެނާގެ އަލީ ހައިޝަމްއެވެ.

ފޯރިގަދަ މި މުބާރާތުގެ ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!