ދީން

ވަގު އައިޑީތަކުން ލިޔެ ކޮމެންޓް ކުރި ނަމަވެސް މަލާއިކަތް ބޭކަލުން ، އެމީހެއްގެ ފަތުގައި އެކަން ލިޔުއްވަމުން ގެންދަވާނެ: ހަމްޒާ ޔޫސުފް

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަރާފައިމިވާ ދުނިޔޭގައި މިއަދު އިނގިލިކުރިން ކޮށް ނިންމާލެވޭ ކަންތައް ވަރަށް ގިނައެވެ. ޙަޤީޤަތަށް ދަންނަވާނަމަ އާންމު ދިރިއުޅުމުގައި ކުރަންޖެހޭ ގާތްގަޑަކަށް ހުރިހާ ކަމަކީ މިއަދު އަތުގައި އޮންނަ ފޯނުން ކޮށްލެވޭ ކަންކަމެވެ. ތަޢުލީމު އުނގެނުމާއި ފައިސާގެ މުޢާމަލާތްތަކާއި ވިޔަފާރީގެ މުޢާމަލާތްތައް ފޯނުން މިއަދު ހިންގާލުމަކީ ދާދި ފަސޭހަ ކަމެކެވެ.

Ads by Hajj Corporation

މިއާއެކު މި ފަސޭހަކަން ބޭނުން ކުރުމަކީ ލިބުނު ކުރިއެރުމަކަށްވީ ފަދައިން އިންޓަނެޓްގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުން މިވަނީ އާންމު ކަމަކަށް ވެފައެވެ. ނެތި މޮށުމާއި މީހުންގެ އަބުރަށް އަރައިގަތުމަކީ މިއަދު ވަރަށް ފަސޭހައިން ކޮށްލެވޭ ކަންކަމެވެ. މިކަމުގެ ނުރައްކާތެރިކަމާއި ގުޅޭގޮތުން އެމެރިކާގެ ޝައިޚެއް ކަމަށްވާ ހަމްޒާ ޔޫސުފް ވަނީ އޭނާގެ ދަރުހެއްގައި ވާހަކަ ދައްކަވާފައެވެ.

ހަމްޒާ ވިދާޅުވީ މިއަދުގެ ދުނިޔެއަކީ މީހުން މަގު ފުރެއްދުމަށް މީގެ ކުރިން ޝައިތާނާއަށް ދުވަހަކުވެސް ލިބިފައި ނުވާފަދަ ތަނަވަސް ފުރުސަތުތަކެއް ލިބިފައިވާ ދުނިޔެއެއް ކަމަށެވެ. އެގޮތުން ކޮންމެ މީހަކު އަތުގައި ވެސް ފޯން އޮތުމާއެކު މިއީ އެކަނިހުރެ ވެސް ޣީބަ ބުނެ މީހުންގެ އަބުރު ކަތިލާ ހެދޭ ޒަމާނެއް ކަމަށެވެ. މީހަކަށް ގުޅާ ، މީހުންގެ ޣީބަ ބުނުމާއި މެސެޖުކޮށް ނުވަތަ މީސްމިޑީއާގެ ވަސީލަތްތަކުގައި މިކަން ފެންނަލެއް ވަރަށް ގިނަ ކަމަށް ހަމްޒާ ވިދާޅުވިއެވެ.

'' މީސްމީޑިއާގައި މިކަން މިކުރެވެނީ ވެސް ކާކުކަން ނޭނގޭ ގޮތަށް ، އެހެން ނަމަވެސް މަލާއިކަތް ބޭކަލުންނަށް އެއީ ކޮންބައެއްކަން އޮޅުވަލެއް ނުލެވޭނެ ، ''ކިލަރ23''ގެ ނަމުގައި އޮންނަ ވަގު އައިޑީއަކުން ސޯޝަލް މީޑިއާގައި ބޭނުން ކުރަމުން ދިޔަ ނަމަވެސް އެއީ ކާކުގެ ކޮން ދަރިއެއްކަން މަލާއިކަތްބޭކަލުން ދެނެވައިޑަގަންނަވާ، ޢަމަލުތަކުގައި ފަށްފުތްތަކުގައި އެކަންކަން ބަރާބަރަށް ލިޔުއްވަމުންދާނެ" ކިތަންމެ ވަގު ވަގަށް ފާފަ ކުރަމުން ދިޔަ ނަމަވެސް ﷲ އަށް އެއްވެސް ކަމެއް ވަންހަނާ ނުކުރެވޭނެކަން ފާހަގަ ކުރައްވާ ހަމްޒާ ވިދާޅުވިއެވެ.

ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ تَوَّابٌ رَّحِيمٌ (الحجرات/12) . މާނައަކީ " އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ."

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!