ޚަބަރު

ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 52 ވަނަ މީހާއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެއްސެކެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މިބައްޔަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 7:33 ގައި ނިޔާ ވެފައިވާ ކަމަށެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރާއްޖެއިން ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވެފައިވާއިރު، މާލެ ސަރަޙައްދުގައި އަނެއްކާވެސް ދަނީ މިބަލި ހަލުވިކަމާއެކު ފެތުރެމުންނެވެ.

އެގޮތުން ފާއިރުވީ ހަފްތާގެ ނަތީޖާތަކަށް ބަލާލާއިރު، ރާއްޖެއިން ފައްސިވީ މީހުންގެ އަދަދު ކޮންމެ ދުވަހުވެސް ހުރީ 100 އިން މަތީގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!