ކޮވިޑް ޖެހިފައިހުރި މި މީހާ އިމްތިހާނު ހެދީ އެންބިއުލޭންސްތެރޭގައި

އިންޑިއާގައި ކޮވިޑް ޖެހިފައި ހުރި މީހަކު އެންބިއުލޭންސްގައި އިމްތިހާނެއް ފުރިހަމަ ކޮށްފިއެވެ.
މި އަންހެން މީހާ ނަރުހުންގެ އިމްތިހާނު ފުރިހަމަ ކޮށްފައި ވަނީ ޕީޕީއީ ކިޓުގައި އެންބިއުލޭންސް ތެރޭގައި އިނދެއެވެ. އިމްތިހާނުގެ ވަގުތަށް ސިއްހީ އެހީތެެރިން ވަނީ އެންބިއުލޭންސްގައި މި މީހާ އިމްތިހާނު ހަދާ މަރުކަޒު ކައިރިއަށް ގެންގޮސްދީފައެވެ.
ެިރިޕޯޓުތައް ބުނާ ގޮތުގައި މި އަންހެންމީހާ ކޮވިޑަށް ފައްސިވެފައިވަނީ އިމްތިހާނުގެ ދެ ދުވަސް ކުރިންނެވެ.
ޕްރައިވެޓް ހޮސްޕިޓަލެއްގައި ނަރުހެއްގެ ވަޒީފާ އަދާކުރާ މި މީހާ އިމްތިހާނު ހަމަޖައްސައިދިނުމަށް އެންބިއުލޭންސްގެ ޑްރައިވަރު، އަދި އެހޮސްޕިޓަލުގެ ސޯޝަލު ވޯކަރުގެ އެހީ ލިބުނުކަން އެ އަންހެން މީހާ ވަނީ ފާހަގަ ކޮށްފައެވެ.