ޚަބަރު

ފައިޒާ ވެކްސިން ރާއްޖެ ގެންނަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ފައިޒާ-ބަޔޯއެންޓެކް އިން ތައްޔާރުކުރި ފައިޒާ ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ގައުމީ ކޮވިޑް ވެކްސިން ޕްރޮގްރާމް މިއަދު ފަށާފައިވާއިރު، މިހާތަނަށް ރާއްޖޭގައި ދީފައި ވަނީ އިންޑިއާއިން ހަދިޔާކުރި އެގައުމުގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ "ކޮވިޝީލްޑް" ގެ ނަމުގައި މާކެޓްކުރާ އޮކްސްފޯޑް-އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިނެވެ.

ކޮވިޑް-19 ގެ ވެކްސިން ޕްރޮގުރާމު ފެއްޓެވުމަށް މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ރާއްޖެއަށް އިތުރު ބާވަތްތަކުގެ ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ފައިޒާ ވެކްސިން ވެސް ހިމެނޭ ކަމަށެވެ.

އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަންވިލާތުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ފައިޒާ ވެކްސިނަކީ މިހާތަނަށް އެންމެ ކާމިޔާބު ވެކްސިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފައިޒަރގެ ވެކްސިނަކީ ކޮވިޑް-19 އަށް 95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެއް ކަމަށް އެންމެ ފަހުގެ ޓެސްޓުތަކުން ދައްކައެވެ. ރިޕޯޓްތައް ބުނާ ގޮތުން ފައިޒަރ އަދި ބައޯންޓެކްގެ ވެކްސިން 43،500 މީހުންގެ ގަޔަށް ޖަހާ ޓެސްޓު ކޮށްފައި ވެއެވެ. އަދި މި ވެކްސިން ޖެހި މީހުންގެ ދިފާއީ ނިޒާމުގައި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރާކަން ފާހަގަ ވެފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!