Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ދޭން ފަށަނީ

5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ދޭން ފަށަނީ

އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ދޭން ތައްޔާރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗެޕީއޭއިން ވިދާޅުވީ 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ދޭ ފައިޒަރ ވެކްސިން މިހާރު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

އަދި ވެކްސިން އެ އުމުރުފުރައިގެ ކުދިންނަށް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ލަފާދެއްވާފައިވާ ކަމަށާއި 14 ފެބްރުއަރީން ފެށިގެން ފައިޒަރ ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އެޗްޕީއޭއިން ވިދާޅުވީ މާލޭގެ ވެކްސިން ސެންޓަރުތަކުގެ އިތުރުން އަތޮޅިތެރޭގެ ހޮސްޕިޓަލިތަކުން އަދި ހެލްތް ސެންޓަރުތަކުން ފައިޒަރ ވެކްސިން ލިބެން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން އުމުރުން 12 އަހަރުން މަތީގެ އުމުރުފުރައިގެ ކުދިންނަށްވެސް ފައިޒަރ ވެކްސިން މިހާރު ޖެހޭނެ ކަމަށާއި އެ ވެކްސިންގެ ޑޯޒްއާއި ބޫސްޓާ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް