ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ ޚާލިދަށް ޕޮލިސް އޮފިސަރ ވެދެއްވި އެހީއަށް އައްސަރިބަހާ ސާބަސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފުލުހުންނަކީ ގިނަ ފަހަރަށް އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވާ ބައެކެވެ. ނަމަވެސް ރައްޔިތުންނަށް ބައެއް ފަހަރު ދިމާވާ އެކިއެކި ކަންތައްތަކުގައި އެހީތެރިކަމުގެ އޯގާތެރި އަތެއް ދިއްކޮށްލަން އެންމެ ކުރީ ސަފުގައި ތިބޭ އެއް ބަޔަކީ ފުލުހުން ކަމާމެދު އެއްވެސް ދެބަސްވުމެއް ނެތެވެ.

Ads by Sosun Fihaara

އެފަދައިން ރޭގައިވެސް ފުލުހެއް މިވަނީ މިސާލު ދައްކައިދީފައެވެ. ޚާއްސަ އެހީއަށް ބޭނުންވާ މ. ކިނބިދޫގޭ ޚާލިދު ޢަބްދުﷲ، އަށް ޕޮލިސް އޮފިސަރ މުޙައްމަދު ޙުސެއިން ވެދެއްވި އެހީއަކީ ޝުކުރާ ސަނާ ނުކިޔާ ދޫކޮށްލެވޭވަރު ކަމެއް ނޫނެވެ.

އެނގިފައިވާ ގޮތުގައި ރޭ މެންދަމު 00:00 ގެ ފަހުން ޚާލިދު، އޭނާ ގެންގުޅޭ ބެޓަރީ ސައިކަލުގައި މިސްރާބު ޖެހީ އޭނާގެ ގެއަށް އެނބުރި ދާށެވެ. ނަމަވެސް ސައިކަލުގެ ބެޓަރީ ޗާޖު ގޮސްގެން ނުދުއްވިގެން އޭނާ ފުރަތަމަ މަސައްކަތް ކުރީ އަމިއްލައަކަށް އެސައިކަލު ކޮށްޕާފަ ގެއަށް ގެނެވޭތޯއެވެ.

"01 ފެބުރުއަރީ 2021 ވިލޭރޭގެ ދަންވަރު ވަގުތެއްގައި މަޖީދީ މަގު ލެކިއުޓް ފިހާރައާ ހަމައިން އަޅުގަނޑަށް ޚާލިދު ފެނުނީ ދުއްވާ ވެހިކަލް ކޮށްޕާފަ ކުރިޔަށް ދާން މަސައްކަތްކުރާ މަންޒަރު" މިމަންޒަރު ދުށް މީހަކު ފޭސްބުކްގައި ލިޔެފައިވެއެވެ.

އުމުރުން 39 އަހަރުގެ ޚާލިދަކީ އުފަންވީ ދުވަހުން ފެށިގެން ވެސް ނުކުޅެދޭ ކުއްޖެކެވެ. އަދި ރަނގަޅަށް ވާހަކަވެސް ނުދެއްކޭ ކުއްޖެކެވެ. އެހެންކަމުން އޭނާއަށް ބުނެވުނު ގޮތަކަށް އެމީހާ ގާތު، ސަައިކަލުން ޗާޖު ދިޔަކަމަށާއި ގެ ހުރި ދިމާވެސް އަތުގެ އިޝާރާތުން ދައްކައި ދިނެވެ. މަންޒަރު ދުށް މީހާ ބުނި ގޮތުގައި ޚާލިދު ހުރީ ވަރަށް ވަރުބަލި ވެފައެވެ.

"ޚާލިދަށް އެހީވާން ބޭނުން ނަމަވެސް މާދުރަށް އެ ސައިކަލް ކޮށްޕުމަށް ބަލިހާލަތު ތަންނުދޭތީވެ ފުލުހުންގެ އެހީއަށް އެދުނިން" މިހާދިސާ އާންމުންގެ ސަމާލުކަމަށް ގެނެސްދިން މީހާ ބުނެފައިވެއެވެ.

އެވަގުތު އެތަނަށް ފުލުހުންގެ އިތުރު ބޭފުޅަކާއެކު މުޙައްމަދު ޙުސެއިން ދިޔައެވެ. މަންޒަރު ދުށް މީހާ ބުނެފައިވާ ގޮތުގައި މުޙައްމަދު ޙުސެއިން ގެ އޯގާތެރިކަން އެވަގުތު ވެސް ފެނިގެން ދިޔައެވެ.

އެހާހިސާބުން ފެށިގެން މާފަންނަށް (ޚާލިދުގެ ގެ ހުންނަ ފަލާސް ޕްރީ ސްކޫލު ހުންނަ މަގާއި ހަމައަށް) މުޙައްމަދު ޙުސެއިން އެސައިކަލު ކޮށްޕަމުން ގެނެސްދިނީ އޭގައި ޚާލިދު ވެސް ބައިންދައިގެނެވެ.

އެސައިކަލަކީ ޕިކަޕަކަށް އަރުވައިގެން ގެންނަން ވަރަށް އުނދަގޫވާނެ ސައިކަލެއް ކަމަށް ޚާލިދުގެ ދައްތައެއް "ދެން" އަށް މައުލޫމާތު ދެމުން ބުންޏެވެ. އަދި ޚާލިދު އެގަޑީގައި ބޭރަށް ދިޔަ ސަބަބެއް ނޭނގޭ ކަމަށާއި އެހެން ނަމަވެސް ގެއަށް ގެނެސް ދެއްވި ކަމަށްޓަކައި ޝުކުރު އަދާ ކުރާ ކަމަށް ވެސް އޭނަގެ ދައްތަ ބުންޏެވެ.

Ads by HDC
  1. ކުރުކުރު

    ނުކުޅެދޭ ކުއްޖަކު ރޭގަނގު 12 ޖަހާއިރު އެކަނި މަގުމަތީގަ
    ކީީއްވެބާ އެހާ ލަސްވަންދެން އެކަނި.
    ވާހަކަ ނުދެއްކޭ އެކަނި ނުހިގޭ ކުއްޖެއް ވީމަ މިސުވާލު އުފެދެނީ

    • ޙމމމ

      އެއީ ކުޑަ ކުއްޖެއް ނޫން، ބޮޑު މީހެއް، ވަރަަށް ގިނައިން މިސްކިތަށް ދާ ރަނގަޅު މީހެއް.. އަޅުގަނޑަށް އިނގޭ މީހެއް ވީމަ މިބުނީ… ވެދާނެ ހަމަ މިސްކިތުން އައީ ކަމަށްވެސް، ނޫނީ ހަމަ ބުރެއް ޖަހާލީ ކަމަށް ވެސް…