ރައީސް ސޯލިހަކީ ބަހާއި އަމަލާ ދިމާވާ އެހެން މީހުންނަށް ހިތްވަރުދޭ ވެރިއެއް: މައުސޫމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ބަހާއި އަމަލާ ދިމާވާ އެހެން މީހުންނަށް ހިތްވަރުދޭ ބޭފުޅެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މައުސޫމް ވިދާޅުވީ، ރައީސް ސޯލިހް އަކީ ކެރިގެން އުންމީދާއެކު ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ވެސް ހިތްވަރުދޭ ވެރިއެއް ކަމަށެވެ. އަދި ރައީސް ސޯލިހްގެ ފަހަތުން ހިންގަވަން ވަރަށް އުފާވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.
މައުސޫމް މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެއްސެވުމާ ގުޅިގެންނެވެ. ރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމް މިއަދު ފަށާފައިވާއިރު، ރައީސް ސޯލިހު ވެކްސިން ޖައްސަވާފައި ވަނީ މި ޕްރޮގްރާމް ގެ ދަށުންނެވެ.
ރައީސް ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކޮވިޑް-19 ވެކްސިން ދީ ނިންމާލުން ކަމަށެވެ. އަދި މިކަމުގެ ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ރައްޔިތުން މިކަމުގައި ބައިވެރިވެ ވަޑައިގެން، އަޅުގަނޑުމެންނަށް މިކަމުގައި ކުރިިމަތިވެފައި މިވާ ދަތި އުނދަގުލުން ސަލާމަތްވުމަށް ޓަކައި އެންމެން އެކީގައި މަސައްކަތް ކުރުން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.
މައުސޫމް ތިހެއްދެވީ ދޮގެއް.
ޞާލިހު ވިދާޅުވި ލިޔުން ލިބުނު އެންމެންނަށް ފުލެޓު ދޭނަމޭ . ފުރަތަމަ ދެ އަހަހަރު ރައީސް ދެއްވި ހިތޯބުގަ.
އިތުބާރުވެސް ކުރިން