ޚަބަރު

ރާއްޖެއަށް ބީއެމްއެލްގެ ހިދުމަތް ފުޅާ ކުރުމަށް އިތުރު 100 ކޭޝް އެޖެންޓުން

ރައުފާ ރަޝީދު ، ދެން އޮންލައިން

މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ޓަކައި ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރު ތެރޭ 100 ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް ފުޅާކުރުމަށް ނިންމައިފިއެވެ.

Ads by STELCO

ކޭޝް އެޖެންޓުން މެދުވެރިކޮށް ދުވާލަކު ނެގެނީ 2000 ރުފިޔާ އެވެ.އަދި ދުވާލަކު ޖަމާ ކުރެވެނީ 10،000 ރުފިޔާ އެވެ. ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި ދޭ، ކޭޝް އެޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓުން ފައިސާ ނެގުމުގެ އިތުރުން އެކައުންޓަށް ފައިސާ ޖަމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.

ބޭންކުން އެއްވެސް ފީ އެއް ނުނަގައި ދޭ މި ހިދުމަތް ހޯދި މީހުން މިދިޔަ އަހަރު 41 ޑިޕޮސިޓް ކޭޝް އެޖެންޓުން މެދުވެރިކޮށް 180 މިލިއަން ރުފިޔާ ޖަމާކޮށްފައި ވެއެވެ. ބީއެމްއެލް ތައާރަފްކުރި މިހިދުމަތަކީ ބީއެމްއެލްގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިންގ ހިދުމަތް ފޯރުކުރުމަށްޓަކައި 2014 ވަނަ އަހަރު ތައާރަފުކޮށްފައިވާ ހިދުމަތެކެވެ.

ބީއެމްއެލްގެ 200 އަށް ވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް މިހާރު ވެސް އަންނަނީ މި ހިދުމަތް ދެމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!