ޚަބަރު

ރާއްޖެއަށް ކޮވިޑް-19 ގެ ތިންވަނަ ރާޅެއް އަރައިފި: ޑރ.މުޙައްމަދު އަލީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއަށް ކޮވިޑް-19 ގެ ތިންވަނަ ރާޅެއް އަރައިފިކަމަށް އައިޖީއެމްއެޗް ގެ އެތެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު ،ޑރ. މުޙައްމަދު ޢަލީ މިރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

ޑރ.ޢަލީ މިހެން ވިދާޅުވެފައި ވަނީ ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 215 މީހުން ފައްސި ވުމާ ގުޅިގެންނެވެ. މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އަށް ކޮވިޑް-19 ގެ ތިންވަނަ ރާޅެއް އަރައިފި ކަމަށާއި އެހެން ނަމަވެސް އެންމެން އެއްކޮށް އަނެއްކާ ވެސް މަސައްކަތް ކޮށްފި ނަމަ މިކަމުން އަރައިގަނެވޭނެ ކަމަށެވެ. އެކަކު އަނެކަކަށް ކުށްވެރި ނުކޮށް އެންމެން ވެސް އެއްބަހެއް ކިޔައިގެން ކުރިއަށް ދިޔުމަށް ޑރ ވަނީ ނަސޭޙަތްތެރިވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 159 މީހުންނާއި، އަތޮޅު ތެރެއިން 8 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 27 މީހަކާއި ކަނޑު އުޅަނދުފަހަރުން އެކެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 16،056 މީހުން ފައްސި ވެފައިވެއެވެ. ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 14،190 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 52 އެވެ. ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 184 މީހުންނެވެރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 413،766 ސާމްޕަލް ނަގައިފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!