ވިޔަފާރި

އުރީދޫން ކުވެއިތުގެ 2.5 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް ރާއްޖޭގެ ރީތިކަން ދައްކާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ވެސް ފެތުރިފައިވާ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާތީ، މުޅި ދުނިޔެއަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކޮށްދިނުމުގެ ގޮތުން އުރީދޫއިން "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ބައިނަލްއަގުވާމީ ކެމްޕޭނެއް ފަށައިފިއެވެ.

Ads by MWSC

މިކެމްޕޭނުގެ ދަށުން އުރީދޫ ކުވެއިތުގެ ކުންފުނީގެ 2.5 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މެދުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ޚާއްސަ ހަރަކާތެއް ވެސް ވަނީ ފަށާފައެވެ.

އެގޮތުން އުރީދޫ ކުވައިތުން ފެށި މި ހަރަކާތުގެ ދަށުން ރާއްޖޭގައި ދެ މީހަކަށް އޯލް-އިންކްލޫސިވް ސްޓޭއެއް ހޯދުމުގެ ފުރުސަތު އެގައުމުގެ އުރީދޫ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކުވެއިތުގައި ހުންނަ އުރީދޫ ކުންފުނިން ތަޢާރަފްކުރި އެޤައުމުގެ ފުރަތަމަ ޑިޖިޓަލް މޮބައިލް ޕްލޭން "އޭއެންއޭ"ގައި ބައިވެރިވުމުން، އެ ހަރަކާތުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި އޮފަރ އަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ޕްރޮމޯޓުކުރަން އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕޭންގެ ދަށުން ދޭ ޚާއްސަ އޮފަރ އެކެވެ. މިކެމްޕޭނު ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ.

"ވިޒިޓް މޯލްޑިވްސް ނައު" ކެމްޕޭނުގެ ތެރެއިން އުރީދޫގެ ބައިނަލްއަގުވާމީ ނެޓްވޯކުގެ ކަސްޓަމަރުންނަށް، އުރީދޫގެ މީޑިއާ ޕާޓްނަރުންގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ނަލަކަމާއި، ޗާލުކަން ދައްކުވައިދީ ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތް ދަނީ ކޮށްދެމުންނެވެ. އަދި ރާއްޖޭގެ ހިތްގައިމު ރީތި މަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތައްވެސް އުރީދޫގެ އެތައް ހާސް ކަސްޓަމަރުންނަށް ފެންނާނެހެން ދަނީ ހިއްސާ ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!