ދުނިޔެ

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އަސްޓްރާޒެނެކާ ވެކްސިން ދިނުން ފްރާންސްގައި މަނާކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަސްޓްރާޒެނެކާ ވެކްސިން ޖަހަން ވާނީ ހަމައެކަނި އުމުރުން 65 އަހަރުން ދަށުގެ މީހުންގެ ގަޔަށް ކަމަށް ފްރާންސްގެ ހެލްތު އޮތޯރިޓީން ބުނެފިއެވެ.

Ads by Sosun Fihaara

އެކުވެރި އިއްތިހާދު (އީޔޫ) ގެ މެންބަރެއް ދާދި ފަހުން ވިދާޅުވެފައި ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުން ގަޔަށް އަސްޓްރާޒެނެކާ ވެކްސިން ނުޖަހަން ނިންމީ، އުމުރުން ދޮށީ މީހުންނަށް ވެކްސިން މަސައްކަތް ނުކޮށްފާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

އީޔޫގެ ޑްރަގް ރެގިއުލޭޓަރުން ވަނީ އިނގިރޭސިވިލާތުން އުފެއްދި އޮކްސްފޯޑް-އަސްޓްރާޒެނެކާ ވެކްސިން 18 އަހަރުން މަތީގެ މީހުންނަށް ޖެހޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ވެކްސިން ޖެހޭނެ ވަކި އުމުރެއް ކަނޑައެޅުން ދޫކޮށްލާފައި ވަނީ އެޤައުމެއްގެ ކަމާބެހޭ ފަރާތްތަކަށް ކަމަށް ވެސް އީޔޫއިން ހާމަ ކޮށްފައިވެއެވެ.

އެގޮތުން، ޖަރުމަނާއި އޮސްޓްރިއާއިން މިހާރު ވެސް ވަނީ އުމުރުން 65 އަހަރުން ދަށުގެ މީހުން ގަޔަށް އެވެކްސިން ޖެހުން ލިމިޓު ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!