ޚަބަރު

ފިހާރަތަކާއި ރެސްޓޯރަންޓުތައް ހުޅުވާފައި ބެހެއްޓޭ ގަޑިތައް މަދު ކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 ފެތުރުން އިތުރުވަމުން އަންނާތީ، އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ ގުޅިގެން މިއަދުން ފެށިގެން، ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓު ކެންޓީނުތައް އަދި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

Ads by Sosun Fihaara

އެގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ ފިހާރަތަކާއި، ސައި ހޮޓާ، ރެސްޓޯރަންޓުތަކާއި ކެފޭތައް ހުޅުވާފައި ދެން ބެހެއްޓޭނީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށް ކަމަށެވެ.

އަދި މިތަންތަން ހުޅުވައިގެން ހިދުމަތް ދިނުމުގައި ވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކުރުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

މާލޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދިޔުމާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުގައި ކާފިއުގެ ވަގުތު އިތުރުކޮށް، ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އާ ހަމައަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ވެސް ވަނީ މަނާ ކޮށްފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!