ދުނިޔެ

ކޮވިޑް-19: ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޖާބިރު އަވަހާރަވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސައުދީ އަރަބިޔާއަށް އުފަން އިންޑޮނޭޝިއާ ގައި ދިރިއުޅުނު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޖާބިރު އަވަހާރަ ވެއްޖެއެވެ.

Ads by Sosun Fihaara

ބޭރުގެ ޚަބަރުތަކުން ބުނާ ގޮތުގައި ޝެއިޚް ޖާބިރު އަވަހާރަވީ ކޮވިޑް-19 އަށް ފައްސިވެ ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގައެވެ.

ޝެއިޚް ޢަލީ ޖާބިރު އުފަންވީ 1976ގައި މަދީނަތުލް މުނައްވަރާގައެވެ. ޢުމުރުފުޅުން ދިހަ އަހަރުގައި އެމަނިކުފާނު ޤުރުއާން ހިތުދަސްކުރެއްވިއެވެ.

އެނގިފައިވާ ގޮތުގައި ޝެއިޚް އެންމެ ފުރަތަމަ އިންޑޮނޭޝިޔާއަށް ދިޔައީ 2008 ވަނަ އަހަރުގައެވެ. އޭގެފަހުން ކޮންމެ އަހަރަކުހެން އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގެ މިސްކިތެއްގައި އިމާމުވެ، ތަރާވީސް ނަމާދު ކުރައްވައެވެ. އަދި އިންޑޮނޭޝިޔާގެ އެންމެ މަޤުބޫލު ދާޢީއަށް ޝެއިޚް ވެލެއްވިއެވެ.

ޢިލްމީ އެތަކެއް ޕްރޮގްރާމެއްގައި ކިޔަވާދެއްވި ޝެއިޚް ޖާބިރަށް، 2011 ވަނަ އަހަރު އިންޑޮނޭޝިޔާގެ ރަށްވެހިކަން ލިބިވަޑައިގެންނެވިއެވެ.

ނިމިދިޔަ 2020ވަނަ އަހަރު ފަހު ކޮޅު ޝެއިޚު ޖާބިރު އަވަހާރަކޮށްލަން މީހަކު މަސައްކަތް ކުރިއެވެ. ނަމަވެސް މާތް ﷲގެ އިރާދަފުޅާއެކު އެކަން ނާކާމިޔާބުވިއެވެ.

ޝެއިޚް ޖާބިރަށް ކޮވިޑް ޖެހުނީ 26 ޑިސެމްބަރ 2020 ވަނަ ދުވަހުގައެވެ.

ކޮވިޑް-19 ޖެހި، އާލާސްކަންފުޅުގައި 15 ދުވަހު އުޅުއްވުމަށްފަހު މިފަނާވަނިވި ދުނިޔެއާ ޝެއިޚް އަބަދު ގެ އަބަދަށް އަލްވަދާޢުކީ 14 ޖެނުއަރީ 2021ގައެވެ.

މާތްﷲ ޝެއިޚްއަށް ޖަންނަތުލް ފިރުދައުސް ދެއްވާނދޭވެ. އާމީން!

Ads by Allied Insurance
  1. ޕޮފް

    އިއްނާ ލިﷲ ވައިއްނާ އިލައިހި ރާޖިޢޫން

  2. އާމީން

  3. މުހައްމަދު

    އާމީން ޖާުބިރުގެފުރާނަފުޅަސުވަރުގޭގެމަތިވެރި ނިއުމަމާއައްލާހުހެޔޮރަަހުމަލަވާށި އާއިލާއަށް ކެއްތެރިކަންދެއްވާށި

    • ޝަފީޤާ

      އިންނާ ލިއްލާހި ވަ އިންނާ އިލައިހި ރާޖިޢޫން..

  4. އާމީން

  5. ހަސަން

    އާމީން