ޚަބަރު

ދީނުގެ މަތިވެރި މިންގަނޑު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު: ރައީސް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދީނުގެ ނަމުގައި އެއްވެސް މީހަކު އެއްވެސް ޙައްގަކުން މަޙުރޫމްކޮށް މުޖުތަމަޢު ބައިބައިކުރުމުގެ ފުރުސަތު ދިވެހި ފަސްގަނޑުގައި ނުދެއްވާނެ ކަމަށާއި ދީނުގެ މަތިވެރި މިންގަނޑު ހިފެހެއްޓުމަށް އެމަނިކުފާނުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ އިސްލާމް ދީނަކީ ހަމަހަމަ ފުރުސަތު އެންމެނަށް ލިބިދޭ ދީނަކަށް ވީހިނދު ދީނުގެ ނަމުގައި މީހުންގެ ޙައްގުތަކަށް އަރައިގަނެ އެކި ޙައްގުތަކުން މީހުން މަޙުރޫމު ކުރުމުގެ ފުރުސަތު ދިވެހި ބިމުގައި ނުދެއްވާނެ ކަމަށެވެ.

"ދިވެހިންގެ ހިތްތަކުގައި ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާ އަށަގެންނެވުމަށާއި، އިސްލާމް ދީނުގެ ރިވެތި އުޞޫލުތައް ނެގެހެއްޓުމަށް، މިދިޔަ އަހަރުގެ ތެރޭގައި ވެސް، ސަރުކާރު ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ. އޭގެތެރެއިން ވެސް އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި، އަޅުގަނޑު ފާހަގަކުރާ ހަރުކަށި ފިކުރުގެ އޮއިވަރުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތައް. އިސްލާމްދީނުގެ މަތިވެރި އިޖްތިމާޢީ އުސޫލަކީ ކުޑަކުދިންނަށް އަޅާލުމާއި އެކަކު އަނެކަކަށް އެހީތެރިވެ އެކުވެރިކަމުގައި އުޅުން ކަމަށް ވާއިރު، ދީނުގެ ނަމުގައި، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް، ޙައްޤުތަކުން މަޙްރޫމްކޮށް، މުޖްތަމަޢު ބައިބައިކުރުމަށް، އެއްވެސް ބަޔަކަށް މިފަސްގަނޑުގައި އެއްވެސް ފުރުސަތެއް ނުދެވޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!