އިދިކޮޅުން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން ތިން މީހަކު ހައްޔަރު ކޮށްފި
 
                                                    
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިއަދު ކުރަމުންދާ އިހްތިޖާޖުގައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.
ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބުދުއްރަޙީމް އަބުދުالله ޕޮލިހަށް ހާޟިރު ކުރުމުން މިއަދު އިހުތިޖާޖު ހިނގަމުންދަނީ އެ ސަރަހައްދުގައެވެ.
ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވަނީ ޕީޕީއެމްގެ ކައުންސިލް ދެ މެމްބަރުންނާއި އެ ޕާޓީގެ ސަޕޯޓަރެކެވެ.
އިދިކޮޅު ކޯލިޝަނުން ކުރަމުން ގެންދާ އިހުތިޖާޖުގައި ގޮވާލަމުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި އިންސާފު ގާއިމް ކުރުމަށެވެ. އަދި ލޯކަލް ކައުންސިލްގެ އިންތިޚާބު ލަސް ނުކޮށް މިހާރުބކަނޑައެޅިފައިވާ ތާރީޚުގައި ބޭއްވުމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.
 
  
  
            
                     
            
                     
            
                    
 
		
 
		
 
		
 
		
