މުދަލަށް ގެއްލުން ދިނުމަކީ ސިޔާސީ ފިކުރުގެ ބައެއް ނޫން: ޖަމީލް
 
                                                    ރައްޔިތުންގެ އަގުބޮޑު މުދަލަށް ގެއްލުން ދިނުމަކީ ސިޔާސީ ފިކުރުގެ ބަޔަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ ފެބުރުއަރީ 8، 2012 ގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުން ރާއްޖޭގެ ބައެއް ރަށުގައި ފުލުސް އިމާރާތްތަކާއި ކޯޓްތަކާއި ދައުލަތުގެ އެހެން ގިނަ އިމާރާތްތަކަށާއި ތަކެއްޗަށް ގެއްލުންދީ ހުޅު ޖަހައި އަންދާލި ހާދިސާގެ ބައެއް ފޮޓޯ ހިއްސާ ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ޖަމީލް ވިދާޅުވީ އެ ދުވަހު އިއާދަ ނުކުރެވޭ ޝަރުޢީ ތަރިކަ ނެތި ގޮސްފި ކަމަށާއި ޚާއްޞަކޮށް އައްޑޫއިން ނެތި ދިޔަ ތަކެތި ކިތަންމެ ޕައުންޑަކުން ވެސް ނުގަނެވޭނެ ކަމަށެވެ.
އަދި މިޒަޚަމަށް ފަރުވާއެއް ނެތް ކަން ފާހަގަ ކުރައްވައި މިކަން ހިންގި މީހުން ހަނދާންކޮށް އިތުުރު ފުރުޞަތު ނުދިނުމަށް ޖަމީލު ވަނީ ގޮވާލާފައެވެ.
 
   
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
