ޚަބަރު

އައްޑޫސިޓީ ކްލަސްޓާ: ތިނަދޫން އިތުރު މީހަކު ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގދ. ތިނަދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

ތިނަދޫ ކައުންސިލު މެންބަރ މަރްޔަމް ނަރީމާން ޝަރީފް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ފައްސިވެފައި ވަނީ އައްޑޫސިޓީ ހިތަދޫން އުފެދުނު ކްލަސްޓާ ގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުވީ މީހެއް ކަމަށެވެ.

"ދެން" އަށް އެނގިފައިވާ ގޮތުގައި މިކްލަސްޓާއާ ގުޅިގެން މިއަދު މެންދުރު ވެސް ތިނަދޫން ވަނީ މީހަކު ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން މިހާރު ހިތަދޫ ކްލަސްޓާއިން ފައްސިވެފައިވާ ހަތަރު މީހުން ތިނަދޫން ވަނީ ފެނިފައެވެ.

މިއަދު ތިނަދޫން ފައްސިވީ މީހުންގެ ހާލު ރަނގަޅު ކަމަށާއި ސީރިއަސް ނޫން ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

މިކްލަސްޓާއަކީ މިމަހުގެ 5ވަނަ ދުވަހު އައްޑޫސިޓީ ހިތަދޫން ކަރަންޓީނުގައި ނެތް ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެގެން އުފެދުނު ކްލަސްޓާއެކެވެ.

މިކްލަސްޓާއާ ގުޅިގެން އައްޑޫސިޓީ އާއި ތިނަދޫ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މޮނީޓަރިންގަށް ލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!